15:38

މިހާރު އެ ސަރަހައްދުގައި ގިނަ އިން ތިބީ އިދިކޮޅު ސަޕޯޓަރުން. އެމީހުން ފޮނުވާލުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން.

14:59

އިދިކޮޅު ސަޕޯޓަރުންނާއި އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވެސް މިހާރު ބާ ޖަމާލުއްދީން ބޭރުގައި އެބަތިބި. ބާ ޖަމާލުއްދީން ގޯތިތެރެ މިހާރު އޮތީ ފުލުހުންގެ ފުރިހަމަ ބެލުމުގެ ދަށުގައި. ގޯތިތެރޭގައި މިހާރު ތިބީ ފުލުހުންނާއި އީސީގެ އޮފިޝަލުން އެކަނި.

14:56

އިންތިހާބީ މަރުކަޒުން މީހުން ނެރުމަށް ފުލުހުން ވަނީ ޕެޕަ ސްޕްރޭ ބޭނުންކޮށްފައި. އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވޭ. ޕެޕާ ސަޕްރޭގެ އަސަރު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ވެސް ކުރި.

14:54

ބާ ޖަމާލުއްދީން ގޯތިތެރެއަށް އެއްވި ހުރިހާ އެންމެން މިހާރު ވަނީ އެ ތަނުން ބޭރުކޮށްފައި. ބާ ޖަމާލުއްދީން މިހާރު ވަނީ ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައި.

14:53

އެމްޑީޕީން ދެންމެ ކުރި ޓުވީޓެއްގައި ބުނީ ޓީ4 ގެ ވޯޓު ފޮށި އަލުން ގުނުމަށް ތައްޔާރުވެފައި ވަނިކޮށް ޕީޕީއެމްގެ އިސްވެރިން ވޯޓު މަރުކަޒަށް ވަޑައިގެން އެތަނުގައި އަޑުގަދަ ކުރައްވާ ހެއްދެވުމުން އެމްޑީޕީގެ އިސްވެރިން ވެސް އެ ތަނަށް ދާން މަޖުބޫރުވީ ކަމަށް. ގާނޫނުގައިވާ ގޮތަށް ވޯޓުގެ ކަންތައް ކުރިއަށް ދިއުމުގެ ފުރުސަތު ދިނުމަށް ޕީޕީއެމަށް އެމްޑީޕީން ދަންނަވާފައިވޭ.

 

14:51

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ވޯޓު ފޮށިތަކެއް އަލުން ގުނާ ކަމުގެ މައުލޫމާތު ލިބިގެން އިންތިހާބީ މަރުކަޒު ކަމަށްވާ ބާ ޖަމާލުއްދީން ހުންނަ އިމާރާތަށް ދިޔަ އިރު، ފޮށިތައް ހުރީ ކަނޑާފައި. އެހެންވެ މިކަމުގައި އޮޅުވާލުން ހިމެނޭ ކަމަށް އިދިކޮޅު ތުހުމަތު ކުރޭ.

14:48

ފުލުހުން ދަނީ އެ ސަރަހައްދަށް އެއްވި މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ތަކުރާރުކޮށް އަންގަމުން.

14:45

ބާ ޖަމާލުއްދީން ތެރޭގައި ތިބި އާންމުން ފޮނުވާލުމަށް ފުލުހުން މަސައްކަތް ފަށައިފި. އެގޮތުން އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން ވެސް އެ ސަރަހައްދުން ފޮނުވާލުމަށް ދަނީ މަސައްކަތް ކުރަމުން.

14:42

ބާ ޖަމާލުއްދީން ތެރޭގައި އިދިކޮޅު ސަޕޯޓަރުން މަޑުކޮށްލައިގެން.

14:41

ބާ ޖަމާލުއްދީން ސަރަހައްދުގައި ގިނަ އިން ތިބީ އިދިކޮޅު ފަރާތްތަކުން. އިދިކޮޅު ފަރާތްތަކުން ދަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން.

14:40

ނަޝީދު އިންތިހާބީ މަރުކަޒު ތެރޭގައި.

14:39

ނަޝީދު އިންތިހާބީ މަރުކަޒު ތެރޭގައި.

14:38

 

ނަޝީދު އިންތިހާބީ މަރުކަޒު ތެރޭގައި.

14:37

އެސަރަހައްދުގައި ތިބި މީހުން ފޮނުވާލުމަށް ފުލުހުންގެ އިތުރު ފައުޖެއް ވަނީ ބާ ޖަމާލުއްދީން ތެރެއަށް ވަދެފައި.

14:34

އެސްއޯ ފުލުހުން މިހާރު ތިބީ ބާ ޖަމާލުއްދީން ތެރެއަށް ނުވަދެވޭނެ ހެން ސަފުތައް އަތުރާލައިގެން. ބާ ޖަމާލުއްދީން ބޭރުގައި ޕީޕީއެމް ސަޕޯޓަރުންނާއި އެމްޑީޕީގެ ސަޕޯޓަރުން ވެސް އެބަތިބި. އަދި ކޮންމެވެސް ވަރަކަށް ބަހުގެ ހަމަލާތައް ދަނީ ބަދަލު ކުރަމުން. އިންތިހާބީ މަރުކަޒުގެ ގޯތި ތެރޭގައި ވެސް ގިނަ އަދަދެއްގެ ބަޔަކު އެބަތިބި. އެތަނުގައި އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓަރުން ވެސް ތިބި ކަމަށް ބެލެވޭ. އަދި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނާއި މޮނިޓަރުންނާއި އޮބްޒާވަރުން ވެސް އެބަތިބި.

14:29

ފޮޓޯ: ސަން

14:28

ފުލުހުންނާއި ސިފައިންގެ ހިމާޔަތާއެކު ނަޝީދު މިހާރު ވަނީ އެ ސަރަހައްދު ދޫކޮށް ވަޑައިގެންފައި. ނަޝީދާއެކު މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ވެސް ވަނީ ވަޑައިގެންފައި. އެކަމަކު އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ތިއްބެވީ ބާ ޖަމާލުއްދީންގައި. އެ ސަރަހައްދުގެ މަސްލަހަތު އަދިވެސް އޮތީ ގޯސްވެފައި.

14:26

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ނަޝީދަށް ސެކިއުރިޓީ ލިބިވަޑައިގަންނަވާ ގޮތަށް އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުންނަށް ސެކިއުރިޓީ ލިބެން ވާނެ ކަމަށް. އީސީން މަސައްކަތް ކުރަނީ އިންތިހާބު އޮޅުވާލަން ކަމަށް އޭނާ ވިދާޅުވި. ފޮށިތައް ކަނޑައިގެން އެކަން ކުރަމުންދާ ކަމަށާއި އިދިކޮޅު ފަރާތްތަކުން ތިބީ ދޫދޭ ގޮތަކަށް ނޫން ކަމަށް ވެސް ވިދާޅުވި.

14:22

ނަޝީދު މިހާރު ގެންދަވަނީ އިންތިހާބީ މަރުކަޒު ތެރެއިން ނުކުންނެވުމަށް މަސައްކަތް ކުރަމުން. އެމަނިކުފާނަށް ފުލުހުންނާއި ސިފައިންގެ ހިމާޔަތް ލިބޭ.

14:20

އިދިކޮޅު ލީޑަޝިޕްގެ ތެރެެއިން މިވަގުތު ބާ ޖަމާލުއްދީންގައި ތިއްބެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ. އޭގެ އިތުރުން ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު ވެސް ހުންނެވި.

14:18

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް މިހާރު ހުންނެވީ ބާ ޖަމާލުއްދީން ތެރޭގައި.

14:15

އިންތިހާބީ މަރުކަޒުގެ ތެރޭގައި އެމްޑީޕީގެ ސަޕޯޓަރުން ވެސް އެބައޮތް. ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވެސް ހުންނެވީ ނަޝީދު ކައިރީގައި. ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ތިބީ ނަޝީދު ވަށާލައިގެން. އިދިކޮޅު ފަރާތްތަކުން ދަނީ ނަޝީދަށް ފާޑު ކިޔަމުން. އަދި ބާ ޖަމާލުއްދީން ތެރެއިން ނުކުތުމަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުން.

14:12

ހުޅުމާލެ ދާއިރާގެ އިންތިހާބީ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އިންތިހާބީ މަރުކަޒަށް އައީ ބައެއް ފޮށިތަކުން އިދިކޮޅު ފަރާތްތަކުން ބޮޑު ތަފާތަކުން ކުރި ހޯދާފައި ވަނިކޮށް އެމްޑީޕީގެ ކެންޑިޑޭޓުން ފަރަގު ކުރި ކަމަށް ބުނަމުންދާތީ ކަމަށް. މިއީ އިންތިހާބު އޮޅުވާލަން އީސީން މަސައްކަތް ކުރާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވި. އަދި މި މައްސަލައިގައި ދޫ ނުދޭނެ ކަމަށް ވިދާޅުވި.

14:09

އިންތިހާބީ މަރުކަޒަށް ސިޔާސީ ޕާޓީތަކަކާއި އަމިއްލަ ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުން ތިބި އިރު، އެމީހުން އެތަނަށް އައީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އެންގުމަކަށްވޭ.

14:08

އިންތިހާބީ މަރުކަޒު ތެރޭގައި ހުރިހާ ސިޔާސީ ޕާޓީތަކަކާއި އަމިއްލަ ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުން އެބަތިބި.

14:05

ސިފައިންނާއި ފުލުހުންގެ ހިމާޔަތުގައި ނަޝީދު ވަޑައިގަތުމާއެކު އިދިކޮޅު ސަޕޯޓަރުން ވަނީ ހަމަނުޖެހުން ހިންގަން މަސައްކަތްކޮށްފައި. އަދި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ޕެޕަ ސްޕްރޭ ވެސް ބޭނުންކޮށްފައި.

14:05

އިންތިހާބީ މަރުކަޒުތެރެއަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންފި.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު އޮޅުވާލި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އިންތިހާބީ މަރުކަޒުތެރެއަށް ވަދެއްޖެއެވެ. އިދިކޮޅު ފަރާތްތަކުން މިހާރު ތިބީ އިންތިހާބީ މަރުކަޒު ގޯތިތެރޭގައެވެ.

އިންތިހާބީ މަރުކަޒުގެ ތެރޭގައި އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓުންނާއި ސަޕޯޓަރުން ވެސް ވަދެ އެބަތިބިއެވެ.

މިހާރު އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެ ސަރަހައްދަށް އެއްވި މީހުން ފޮނުވާލަން އުޅުމުގެ ތެރޭގައި މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

އިންތިހާބީ މަރުކަޒުތެރެއަށް ވަން ބައެއް މީހުން ތިބީ ގައުމީ ދިދަ ވެސް ހިފައިގެންނެވެ. އެމީހުން ތުހުމަތު ކުރާ ގޮތުގައި ވޯޓު ފޮށިތައް ކަނޑައިގެން އިންތިހާބު އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން އިސްވެ އޮވެ ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ފުވައްމުލަކު ޒުވާންޖީލު

    ބޮޑުވަޒީރުބުނެފިއެންނުން މެޖޯރިޓީލިބިއްޖެއޭ
    .......... ތިއުޅެނީ ރައްޔިތުން ރައްޔިތުންނިކު މެ މެޖޯރިޓީނުދިނީ މާ ލިބެންއޮތްގޮތަކަށް މެޖޯރިޓީދޭން!! ވެލިކެވުނީ މާ އެތިބައުޅެނީ ފެންބޯންނޭގިގެން !! ވަރަށްސަލާ މް
    ރަ މަޡާން މުބާރިކު

    33
    5
    • ބޭބެ

      ފުރަތަމަ ޖެހެނީ އީސީ ޝަރީފަށް ގޮތެއް ހަދަން!! އޭނަ ވަނީ ރިޔާސީ އިންތިޚާބުވެސް އޮޅުވާލާފަ ވޯޓް ކަތުދާސްވެސް އަންދާލަފަ!! މިއީ ނުބައި ނުލަފާ މީހެއް މީނާއަށް އެބަޖެހޭ ނިކަން ރަގަނޅު ފިލާވަޅެއް ދޭން!! މިފަހަރުވެސް މިއުޅެނީ ވޯޓުން ވައްކަން ކުރަން!! ރައްޔިތުން މަޑުން ތިބެގެންނުވާނެ!!

      10
    • ނައިކް

      މެޖީރިޓީ އިތީ މުޅި ރާއްޖެއިން ލިބިފަ ކުރިންވެސް. މާލެއިނޭ މާ ބޮޑު އެއްޗެއް ލިބިގެން އާކުކުޅަކަށް ގާބިހެއް އެޅިގެން އުޅޭހެން ތިޔަ ތެޅެނީ..އަލުން ވޯޓު ގުނަން އެދުމުގެ ހައްޤު ކޮންމެ ކެނޑިޑޭޓަކަށްވެސް އޮންނާނެ. ޤާނޫނާ ޤަވާއިދުވެސް ނުދަނޭ ޕާޓީ ހިންގަން އަދުރޭމެން އުޅޭނެ

      1
      7
      • Anonymous

        މާ މޮޅު ވާހަކަ ދައްކާނެ ކަމެއް ނެތް. މޑޕ އިން ޕޕމ އުން ކުރިމަތި ނުލާ 400 ގޮނޑިއަށް ކުރިމަތިލި. އެކި ގޮނޑިތަކަށް އިތުރު ކެންޑިޑޭޓަކު ނެތިގެން ހޮވެންވެސް ހޮވިފަ ތިބީ. ދެން އެހެންވީމަ ކޮން މޮޅެއް ކަލޭމެންނަށް ވެގެން ތި އުޅެނީ؟ ހީނުކުރާތި ތަންދޮރު ނުދަންނަ ބަޔެކޭ ދިވެހިންނަކީ

  2. އެދުރު

    ހެޔޮނުވާނެ ދޯ ވޯޓުން ވައްކަން ކުރާކަށް... ރައްޔިތުންގެ ހައްގު ފޭރިގެން އެމްޑީޕީއަށް މާ މޮޅު ގޮތްތަކެއް ނުވާނެ

    60
    5
  3. ކިޔުންތެރިޔާ

    ޔާ ﷲ، ހުރިހާ ގޮތަކުންވެސް މި ލާދީނީ އެމްޑީޕީ ބަ ލިކުރައްވާނދޭވެ. އިބަ އި ލާހުގެ ދީނަށް ފުރައްސާރަކުރާ ބަޔަކު ބޭޒާރުކޮށް ނިކަމެތިކުރައްވާނދޭވެ.

    52
    2
  4. ސުބްރަމާނިއަން

    ނަޝީދު ތިއީ ބޮޑު ސުންޕާއެއް. ޑިމޮކްރަސީއޭ ކިޔައިގެން ތައްމިނަށް އަނގަ ހުޅުގެން ވާހަކަދައްކާނެ އަދިވެސް.

    46
    4
  5. މަހުދީދީ

    މީނާގެ ބާލާވެރިކަން ރޯދަމަހު ފުރަތަމަދުވަހުވެސް. މީނާގެ ކިބައިން މިގައުމު މިންޖުކުރައްވާންދޭ

    38
    5
  6. ޣާޒީ

    ތި ގައްދާރު މިގައުމުން ބާލަންވީ. ރިޔާސީ އިންތިޚާބުވެސް ކައްވާލީ ހަމަ ތިގޮތަށް. އޭރު ރައްޔިތުންނަށް ހޭވެރިކަން ނުވީ.

    38
    5
  7. އ. ޖ. އ

    ރޯދަ ވަރުބަލި ވަންޏާ ކައިބަލަ އެހެން މީހުންނަށް ތުރާ ނުކޮށް

    1
    2
  8. އަހްމަދު

    ނަޝީދު ހުރެގެން މޑޕދެންކުރިޔެއްނާރާނެانشالله

  9. އިބްރާހިމް

    ޤާނޫނާއި ޤަވައިދާ ޚިލާފް ކަންކަން ނަޝީދު ކުރައްވާއިރު ފުލުހުންނާއި ސިފައިން އެމަނިކުފާނަށް ސަލާމަތީ ޙިމާޔަތް ދޭން އޮތީ ކޮން ޤާނޫނެއްގައިތޯއެވެ؟

  10. ޢަނިލް

    މިމާތް މަހުގައި ވެސް ޔަހޫދީން އުޅޭހެން
    ދެރަވޭ އިނގޭ ނަޝީދޫ... ތިމީހާވެސް މަރުވާނެ..

    9
    1
  11. ސުނބޭލި

    އޭ އިހައް ބުނެބަ! ޕެޕޭ އިސްޕިރޯ ޖެހީމާ ރޯދަ ގެއްލޭނެތެ؟

    4
    1
  12. ދެލްގެޑި

    މަބުނީ، އަހަރެންނަށް މިރުސް އިސްޕިރޭ ދިރިގެނޭ މިއުޅެނީ، ކަލޮޔާ ބުނާކަށް. މަގޭ ރޯދަ ގެއްލޭނެތަ އަނެއްކާ މަނިކާރޯއްޖާ؟

    2
    1
  13. ބުރާންތި

    މަޖިލިހުގެ ރައީސް އުޅޭގޮތުން މޑޕ މީހުންވެސް ހިމެނޭ ގޮތަށް ރައްޔިތުން ތިކަލޭގެ ދެކެ ފޫހިވެއްޖެ.

  14. ރިޝްވަތު

    ދެން ވިސްނާ މިއެމްޑީޕީ މީހުން ރިޔާސީ އިންތިޚާބުން ވައްކަން ކުރަން އުޅޭނެ ވަރު.

  15. ޑިކްޓޭޓަރ ނަޝީދު

    ހެހެ..ނަޝީދު. ޑީމޮކްރެޓިކް ޕާޓީއިން ޑިމޮކްރަަސީ މެކުހަށް ޖަހާފައި ތިއޮތީ.

  16. ހުދުކާޅު

    މަޖިލިސް ރައީސް ތިތަނަށް ވަންނާކަށް ނުޖެހޭނެ. ފޮށި އަލުން ގުނާނަމަ ގުނަންވާނީ އީސީއަކުންނޫން. ޢީސީގެ މެމްބަރުންގެ ޙާޟިރުގައި ކުރިންވެސް އެފޮށި ގުނި މީހުން. އެއީ ޝައްކު ފިލުވުމެއް. އެހެން ބަޔަކު އެތަނަށް ވަދެ އުޅޭނަމަ މަސްލަހަތު ގެއްލޭނެ. އީސީ ޝަރީފަކީ ތެދުވެރިއެއް ކަމަށް ބަލައިގަންނާނެ ޖާގައެއްނެތް.