ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއީ ފުލުހުންގެ އިސް މަޤާމުތަކުގައި ތިއްބެވި އޮފިސަރުންގެ ތެރެއިން ކޮވިޑް-19 އަށް އޮފިސަރަކު ފައްސިވި ފުރަތަމަ ފަހަރެވެ.

ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު އޮތް ފުލުހުންގެ ބޯޑުގެ ބައްދަލުވުމުގައި އޭނާ ބައިވެރިވެވަޑައިގެންފައި ވަނީ ވާޗުއަލްކޮށް ކަމަށެވެ.

ވާޗުއަލްކޮށް ބައިވެރިވާން ޖެހުނު ސަބަބެއްގެ ގޮތުގައި ހަމީދު ވިދާޅުވީ، ކޮވިޑް-19 އަށް ފައްސިވުމުން އޭނާ މި ދުވަސްވަރު ހުންނެވީ ގޭގައި އެކަހެރިވެވަޑައިގެންނެވެ.

https://twitter.com/M_Hameedh/status/1382631095183675400?s=20

ހަމީދުގެ ޓްވީޓްގައި ވަނީ ފުލުހުންގެ އާ ބޯޑުގައި ތިއްބެވި ހަތް މެންބަރުންނަށް ވެސް މަރުހަބާ ވިދާޅުވެފައެވެ. އަދި އާ ބޯޑާ އެކީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު އޮތް މުއައްސަސާއަކަށް ހެދުމަށް އިތުރު ހަރުދަނާ މަސައްކަތްތަކެއް ކުރެވިގެން ދާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 25،844 އަށް އަރާފައެވެ.

މީގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބީ 2،627 މީހެކެވެ. އޭގެ ތެރެއިން 57 މީހަކަށް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ.

ރާއްްޖެއިން ކޮވިޑް ބަލީގައި މިހާތަނަށް ނިޔާވީ 67 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބުއްޅަބެ

    މިކަލޭގެ ވެކްސިން ނުޖަހާތަ؟

    13
  2. Anonymous

    ވެކްސިން ގެ ދެޑޯޒް ފުރިހަމަ ކޮށްފައި ހުއްޓާ ފައްސިވީމަ ކީކޭބާ ކިޔާނީ

    18
    • ރާއްޖެ

      ކޮވިޝީލްޑް މޮޅީ.

  3. އަންނި

    ތިޔާވީ ހެޔޮކޮށް.

  4. ގެރި މޯދީ

    ތިޔަ ބޯޑުގައި މެޖޯރިޓީ އޮތީ އެމްޑީޕީ އެކްޓިވިސްޓުންނަށް. ދެން ކިހިނެއްތޯ އިތުބާތު ކުރެވޭނި.

    10
  5. ހޭރެވޭ

    ނާ ހަމ ތެދެއް

  6. އާސިދާ

    އެއީޗުއްޓީއެއް ހުރިހާވެ ރިންވެސް ނަގާޗުއްޓީއެއް ހަމީދު އަދި ނުނަގަނީ ވީމަ އެނެގީ...ޗުއްޓީން ނުގެޑި ގޭގައި އެއްމަސް އެއްމަސް ދުވަސް ..

  7. Anonymous

    ލޮބުވެތި ސީޕީއަށް އަވަސް ޝިފާ އެދެނީ.
    އެކަމަކު ތިޔަވިދާޅުވާ އިތުބާރު ކިހިނެއްތޯ ރައްޔިތުންނަށް ކުރެވޭނީ.
    ކަންކަން ރަނގަޅު ކުރަން ބޭނުން ނުވާކަން މިއެނގުނީ އެތަނަށް ޙާމިދުލީމަ. އެމްޑީޕީގެ ތެރެއިންވެސް އެއަށްވުރެ ރަނގަޅު މީހުން ލެވުނީސް. އިތުބާރެއްނެތް. ރައްޔިތުންގެ ކުރިމަތީގައި އަގުވެއްޓި ބަދުނާމު ވެފައިވާ މީހަކު ލީމާ ކިހިނެއްތޯ އިތުބާރު ކުރާނީ

    7
    3