މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 82 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއަދު މާލެ އިން ކޮވިޑަށް ފައްސިވީ 40 މީހުންނެވެ. މީހުން ދިރިއުޅޭ އަތޮޅުތެރޭގެ ރަށްތަކުން 24 މީހުން ފައްސިވިއެވެ. މިއަދު ވަނީ ރިސޯޓްތަކުން ފައްސިވި މީހުންގެ އަދަދު އިތުރު ވެފައެވެ. މިއަދު ރިސޯޓްތަކުން 18 މީހުން ފައްސިވިއެވެ.
މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 1792 މީހުންނެވެ.
މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި 2584 މީހުން އެބަތިއްބެވެ. މިއަދު ވަނީ 118 މީހުން ކޮވިޑުން ރަނގަޅުވެފައެވެ.
ފަހަކަށް އައިސް ރާއްޖެ އިން ކޮވިޑް ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވަނީ މަދުވެފައެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 53 މީހުންނަށެވެ.