ބ. އަތޮޅު މާޅޮހުން ދެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވެ، ރަށް މޮނީޓަރިންގއަށް ލައިފިއެވެ.

އެރަށް މޮނީޓަރިންގއަށް ލާފައިވާ ކަން ހާމަކޮށްފައި ވަނީ ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ންނެވެ.

އެޗްއީއޯސީން ވިދާޅުވީ، އެރަށު ގެސްޓް ހައުސްއެއްގައި ހުރި ދެ ފަތުރުވެރިއަކު ކޮވިޑަށް ފައްސިވެފައިވާތީ އެރަށަށް އަރާ ފޭބުން މަނާ ކޮށްފައިވާ ކަމަށެެވެ.

އެރަށުން ފައްސިވެފައިވަނީ ކޮން ގައުމެއްގެ ފަތުރުވެރިންތަކެއް ކަމެއް އަދި މައުލޫމާތު ލިބިފައެއް ނުވެއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ވޭދަނަތައް އިތުރު ވަމުން އަންނައިރު، ވެރިރަށް މާލެ ފިޔަވައި ރަށްތަކުން ފައްސިވާ މިންވަރު ވެސް މިހާރު ވަނީ އިތުރުވެފައެވެ. އެގޮތުން އިއްޔެއާއި ހަމައަށް 13 ރަށަކުން ކޮވިޑް-19ގެ ވޭދަނަތައް ފެނިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބިރުވެތި

    ފައްަސިވެފައިވަނީ އިންޑިށާގެ ދެ ފަތުރުވެރިން