ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު މާލެ ގެނެސްފިއެވެ.

އެނގިފައިވާ ގޮތުގައި އެމަނިކުފާނު މާފުށި ޖަލުން މާލެ ގެނައީ ފުލުހުން ހިންގާ ތަހުގީގަކަށެވެ. އެމަނިކުފާނާ ސުވާލު ކުރުމަށްޓަކައި ޝަހީދު ހުސެއިން އާދަމް ބިލްޑިން އަށް ވަނީ ވައްދައިފައެވެ.

ރައީސް ޔާމީންގެ އަރިހުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވެސް ވަނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ވަޑައިގެންފައެވެ.

މިއަދު ރައީސް ޔާމީނާއި ސުވާލު ކުރަނީ ކޮން މައްސަލައަކާއި ގުޅޭ ގޮތުން ކަމެއް އަދި ސާފެއް ނުވެއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގައެވެ. އެމަނިކުފާނު ޖަލުގައި ހުންނަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ދަށުން ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ދާދި ފަހުން ވަނީ ހުކުމް ދަމަހައްޓައިފައެވެ. އެހެންވެ، ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އޭގެ އިތުރުން ޔާމީންގެ މައްޗަށް ވަނީ އިތުރު ދައުވާތަކެއްކޮށް ޝަރީއަތަށް ހުށަހަޅައިފައެވެ.

އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ޔާމީންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ކުރާ ތުހުމަތުތަކެއް ނޫން ކަމަށާއި ޔާމީން މިހާރުން މިހާރަށް މިނިވަން ކުރަން ޖެހޭނެ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ޔާމީން ގެއަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވަމުން އަންނަ ކަމަށާއި އެމަނިކުފާނަށް ދެރަ ގޮތެއް ނުވާނެ ކަމަށެވެ.

ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް، އެ މަނިކުފާނުގެ އާއިލާގެ ފަރާތުން ހޯމް މިނިސްޓްރީ އަށް ވަނީ ސިޓީއެއް ހުށަހަޅައިފައެވެ. އެކަމަކު، އެކަމާ ގުޅިގެން ހޯމް މިނިސްޓްރީން ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. މަންސޫރު

    މަށަށް މިހާރު އެންމެ އިންތިޒާރުކުރެވެނީ އިބޫޞާލިޙުގެ ޝަރީޢަތް ފަށާނެ ވަގުތަކަށް

    107
    11
    • ކިނބޫ

      އިބޫގެ ސަރީއަތް ވެސް ވަރަށް ގަތުން ފެންނާނެ

      21
      2
      • Anonymous

        އިނޝާ ﷲ. މިރަމަޞާން މަހު އަޅުގެ ދުޢާއަކީ އަނިޔާވެރި މިސަރުކާރު ނެތިކުރައްވާ މޑޕ ކިޔާ ލާދީނީ ޖަމާތްވެސް ނެތިކުރެއްވުން. އާމީން.

  2. ޢަހުމަދު1

    ޢެމްޑީޕީ އިން ހާދަ ބިރެކޭ މިގަންނަނީ ޔާމީން ދެކެން. މިގައުމު އަދިވެސް ކޮޅަށް ނަގާޖެހޭނީ ޔާމީނަށް.

    104
    11
  3. ޙައްގުބަސް

    ރައީސް ޔާމިން މިނިވަންކުރޭ!! ރައިސް ޔާމީނަށް މިނާގާބިލް ވަގު ސަރުކާރުން ބޭއިންސާފުންކުރަމުން ގެންދާ އަނިޔާ ހުއްޓާލާ!! ދެ ފާސިގެއްގެ (އަދީބު، ޒިޔަތު) ހެކިބަހަށް ހެކި އުފައްދައިގެން އިސްލާމީ ޝަރީއަތާއި ޚިލާފަށް ޔާމީނަށް މިކުރާ އަނިޔާ ހުއްޓާލާ!! މި ދެފާސިގުން ގޭގައި ބައިތިއްބައިގެން ސަރުކާރުން ރާވައިގެން ހެކި އުފައްދާ މިހިންގަމުންގެންދާ މިބޮޑު ޖަރީމާ ހުއްޓާލާ!! ދިވެހިރައްޔިތުންނަށް މިފެންނަނީ މިނާގާބިލް ވަގުސަރުކާރުން ވެރިކަމަށް އަންނަންވެގެންކުރު އެތައްސަތޭކަ ވަޢުދުގެތެރެއިން އެންމެ ވަޢުދެއް ފުއްދާތަން!! އެއީ ޔާމީން ޖަލަށްލުން!! އެވަޢުދުވެސް ފުއްދަނީ އޮޅުވާލުމާއި ނާޖާއިޒު ބާރު މުއައްސަސާތަކަށް ކޮށްގެން ނުޙައްގުގޮތުގައި!! މިއީ އަނިޔާވެރިކަންނޫން ދެންކޮންކަމެއް؟ ޔާމީނަކީ މިފަހުގެ ތާރީޚު ދުށް ދޮންބަންޑާރައިން!! ގައުމު ތަރައްގީކޮށް ބޭރުގެ ނުފޫޒްޔަކުން ގައުމު މިނިވަންކޮށް ބޭއްވުމަށް މަސައްކަތްކުރި މިގައުމު ބަޠަލެއް ޔާމީނަކީ!! އޭނާއަށް ނުޙަައްގުން އަނިޔާކުރަނީ އިންޑިޔާގެ މަދަދުވެސް މިސަރުކާރަށް ލިބިގެން!! އިންޑިޔާގެ އުނގަށް ވެއްޓިފައިވާ މިނާގާބިލް ވަގު ޕަޕެޓް ސަރުކާރަށް ދިވެހިން ނިކުމެ ބޮޑުތަނުން ނޫނެކޭ ބުނަންޖެހޭ!!

    23
    2
  4. މާމީ

    ރައީސް ޔާމީނައް މިސަރުކާރުން ތިޔަދޭ އަނިޔާ އަހަރެމެން ވަރައްގާތުން އެބަބަލަމު ﷲ ގެއިރާދަފުޅުން ތިޔައަނިޔާ ދިނުމުމުގެ މުގުލުގަ ތިބިމީހުނައް ވޭންދެނިވި ކަމެއް ކުރިމަތި ކުރައްވާތޯ ދުޢާ ކުރާނަން އަބަދުވެސް

    22
    2
  5. ކަނބާ

    މީ ތިމާމެންގެ ނާޤާބިލްކަމާއި، ސަރުކާރުގެ ވެރިން ހިންގާ ކޮރަޕްޝަންގެ ޢަމަލުތަކާއި، ކުރާ ވައްކަންތަގެ ވާހަކަ ހިންދާލަން ހިންގާ ޖަރީމާއެއް.

    22
    2
  6. ކޮލި

    އަމިއްލަ އެކައުންޓަށް އެއްމިލިޔަން ޑޮލަރު ޖަމާކުރި މިހާމޮޅު ވަގެއް ދިވެހިރައްޔިތުން އަދި ނުދެކެން ؟

    5
    16
    • Anonymous

      ކިހިނެއްބާ ޔާމީނަށްވުރެ އަވަހަށް މަހްލޫފަށް އެނގުނީ އެކައުންޓަށް ލާރި ޖަމާވިކަން. މީ ވެސް ސުވާލެއް.

  7. ޢަހު

    އިބޫސޯލިހުއާއި ޢިމްރާނާއި ނަޝީދު ަަަަޖލުގެ ކުޑަ ގޮޅިއަށް ލެވޭނެ ދުވަހަކަށް އިންތިޒާރު ކުރަން އިންޝާﷲa

    22
    2
  8. ޒީރޯ ޓޮލަރެންސް

    އިބްރާހިމް ޖަލަށް ލާދުވަހު ވަރަށް ރޯލާނެ ނުވެސް ހުއްޓާނެ ތޯއެއްޗެއް

    18
    2
  9. ފފފ

    ރައީސް ޔާމީނާ ކަލޭމެން އިންނަންވީނު. ތިވަރަށް ހިތާވާނީ ގަޔާވާ ސިފަތަކެއް ހުރީމަތާދޯ؟

    8
    5
  10. ވަގުންނޭވަގުންނޭ

    ޔާމީން، ފުލުހުންގެ ތަހުގީގަށް މާލެ ގެނެސްފިއޭ އެހެންތޭ ކޮން ތަހްގީގަކަށްތޭ ތަމެން ގެނައީ ތަމެން ކޮވިޑް ވެންޓިލޭޓަރުން ކުރި ވައްކަން އިނގޭނީ ތަމެންނަށް ނޫންތޭ ތަމެން ކޮވިޑް ހަކުރު ކިލޯ އިން ކުރި ވައްކަން އިނގޭނީ ތަމެންނަށް ނޫންތޭ ތަމެން ރާއްޖެ ބަންދުކޮށް ގެން ދިވެހިން ބަންދު ކޮށްގެން ތިބެ ކޮވިޑޭ ކިޔާ އިންޑިއާގެ ވަގުންނާއި ގުޅިގެން ފޭކް ވެކްސިން ގަންނަން ބިލިއަނުން އިންޑިއާ ކުންފުނި ތަކަށް ދީގެން ކަޓް ޖައްސާއިރު އެކަން އިނގޭނީ ރައީސް ޔާމީނަށް ތޭ އިނގޭނީ ވަގުންނޭ ވަގުންނޭ ވަގުންނޭ...

    11
    2
  11. Anonymous

    މީހަކުދެކެ ބަޔަކު ބިރުގަތަށް ދެންތިއީ ފުކެއް ބޮޑުވަރު. ހަސަނަންހީވާނެ ގަސްބުޑުންދަންޏާ ކެޔޮގަނޑު ކަނޑާލާނެއޭ... ސިހުން ހުންނަނީ އީމާންތެރިކަމެއްނެތީމަ.. ގުޑިގުޑީ އޮންނަ އެއްޗަކަށް ވެރިކަންވެފައިތިވަނީވެސް ތާކުންތާކުނުޖެހޭ ގޮތަށް މީހުންގެ ހިތުގައި ނަފުރަތު އުފެދޭނެގޮތަށް، ބަދަލުހިފުމާއި، އެކަކަށް އަނިޔާވެރިވުން ޔަހޫދީންނަށްވުރެވެސް މައްޗަށް ގޮސްފައިވާތީ!!!!!!!!! ރިޔާސީ އިންތިހާބުގައި، %10 ވޯޓުވެސް ނުލިބޭނެ މިމޑޕއަކަށް.

    13
    2
  12. ބޭބެ

    ރއސޔަމީނުގޭގަބަހައްޓަންޏާ ޖަލުގަތިބިއެންމެންވެސް ތިބެންވާނިގޭގަ؛

    2
    16
  13. ޢައްޑު

    އަނިޔާވެރި މަކަރުވެރި ދޮގުވެރިން އަބަދުވެސް ދުނިޔޭގައި އުޅޭނީ އެހެންމީހުންދެކި ބިރުން

    11
    2
  14. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

    ސޯލިހުގެ ޝަރީއަތް ފަށާނެ ދުވަހަކަށް ދެން އެންމެ އިންތިޒާރު ކުރެވެނީ

    16
    2
  15. އޭނާ

    ﷲ އަންގަވަނީ ވައްކަންކުރާ މީހާގެ އަތް ކަނޑާށޭ. އަހަރުމެން މި ހަދާ ގޮތަކީ އެހެންނުވާނޭ ފަސް އަހަރަށް ޖަލައްލީމަ ކަމުދާނޭ.. ނޫނީ ގޭބަންދަށް ދޫކޮއްލީމާ އޯކޭވާނޭ..
    މި މިމައްސަލަ މީ މައްސަލަޔަކީ..

    3
    6
    • Anonymous

      ދީނުގަ ކުށް ސާބިތު ކުރެވޭ މިންވަރަށް ކުށް ސާބިތު ނުކޮށް ދީނުގަ އޮންނަ އަދަބުގެ ވާހަކަ ނުދައްކާ. އެ ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ މުޖުރިމުންގެ ހެކިބަހެއް ދީނަކު ގަބޫލެއް ނުކުރޭ ހެއްކެއްގެ ގޮތުގައި.

  16. އާރަށުގަ އޮންނަ އެތި

    ރައީސް ޔާމީންއަށް އަނިޔާ ކުރެވިދާނެ.. އެކަމަކު ތި ގުންޑާއިންނަކަށް މި ފިކުރެއް ނުފޮހެވޭނެ.. އަދި ސޯލިހުގެ ޝަރީއަތްވެސް އޮންނާނެ ދުވަހަކަށް އިންތިޒާރު ކުރަން

    12
    3
  17. ޔޫސުފް

    މިއަދު ވެރިކަމުތިބި މީހުން މި ގޮތަށް އުޅެން ޖެހިއްޖެމަނަ ކެތްކުރެވޭނެބާ؟

    12
    4
  18. އަނަސު

    މަރިޔަން ސާނީ ނޫސްވެރިކަމަކީ ތެދުވެރިކަން އޮންނަކަމެއް! އިންސާފުން ބޭރުގައި ބާރުގެ ބޭނުން ކޮށްގެން ސަރީއަތްކުރުމުގެ ހުރިހާ އިޖުރާއަތްތަކާ ޚިލާފަށްފައިވާ ހުކުމަކަށް މަނީ ލޯންޑުރިންގެ ކުށްސާބިތުވެގެނޭ ތިޔަ ލިޔުއްވަނީ ކޮން އިންސާފަކުންތޯއެވެ! މި ސަރީއަތަކީ ލައިވު އާއްމު މީހުންނަށް ެންނާނެ ގޮތައްކުރި ސަރީތަކަށްވާ ބަލަންތިބި ގާނޫނީ ވަކީލަކުވެސް އަދި އާއްމު ރައްޔިތަކުވެސް ރައީސް ޔާމީނުގެ މައްޗަށް ކުއްސާބިތު ވެފެއަިނުވާކަން ދަނެއެވއެ! ތިޔަކަމާނާ ލިޔުއްފައިވާ ލިޔުމުގައި ކުއް ސާބިތުވެގޭ މިހެން ލިއުއްވައިފައި އޮތުން ދުވާނީ ހަސަދަވެރިކަމުގެ ވަހެވެ.

  19. ޢަލީ

    ކިތަންމެ ޖެއްސުމެއް ކުރިޔަސް އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ ހިތްވަރަކަށް ކުޑަވެސް ބަދަލެއް ނާންނާނެ. މީ އެމްޑީއެން އަންނިގޮތަށް ވެއްޓި ފުރޮޅި މީޑިއާގެ ސަމާލުކަން ހޯދަން އުޅޭނެ ފިނޑިއެއް ނޫން