މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 203 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 115 މީހަކު އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 70 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ.

ރިސޯޓްތަކުން މިއަދު 18 މީހަކު ފައްސިވިއެވެ.

މިއަދަކީ އޭޕްރީލް މަހުގެ 01 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އިތުރުވެފައި މިވަނީ ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައި އޮތުމަށް ފަހުއެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު އިތުރުވިއިރު މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދުވެސް ގިނައެވެ. މިއަދު 3238 މީހަކު ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދަކީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 109 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޟމ

    މީ ސަރުކާރުން ޒިންމާ ވާންޖެހޭ ކަމެއް،

    25
    2
  2. ކޮރަލް

    ކަލޭމެންބޭނުންވި އިންތިހާބު ބޭއްވިއްޖެ އެވެ. ދެން މިސްކިތް ތައް ބަންދު ކުރާނީކީނޫނެވެ.

    21
    • ލާދީނީ

      މިސްކިތް ބަންދު ކުރަން ހިފާފަ މިހުރީ

  3. އޮޅުވާލި ވޯޓު

    މުޅިންވެސް ފޭކު ކޮމްމެވެސް ހީލަތްތެރި އެޖެންޑާއެއްއޮވެގެން

  4. ކޮއްބަލަ

    ﷲއިރާދަކުރެއްވިއްޔާ ނުކެރޭނެ ބަންދުކުރާކައް ކުރިޔަސްދާނަން

  5. ކޮވިޑު

    ކޮވިޑު ހުއްޓުވާނީ އަހަރެން އަދިވެސް ވަރުގަދަ ބަސްބުނޭ

  6. ގެރި

    ޝުކުރިއްޔާ ރައީސް.. މާދަން 2000 މީހުންތޯ ފައްސިވާނީ

  7. މޮހޮނު

    ކޮ ވިޑު ހަބަރުގައި އެއިންނަ ސާމްޕަލް ނަގާ ފޮޓޯ ހާދަ ގިނަދު ވަސް ވެއްޖޭ އިންނަތާ.،