ނުހައްގު މުއްސަނދިކަމަކީ ޤާނޫނީ ކުށެއް ކަމުގައި ކަނޑައަޅައި އޭގެ އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ޤާނޫނުލް އުޤޫބާތަށް އިސްލާހު ގެންނަ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ހުށަހެޅުއްވި އެ ބިލް ފާސްކުރީ 50 މެންބަރުންގެ ވޯޓުންނެވެ. ބިލް ފާސް ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ސިރާޖު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ މުވައްޒަފެއްގެ ގޮތުގައި ވަޒީފާ އަދާ ކުރަމުން ދިޔައިރު، ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމުކޮށްފައިވުން ނުވަތަ އެފަދައިން ދިރިއުޅުމުގެ ފެންވަރު ގާއިމުކުރުމަކީ ކުށެއް ކަމަށެވެ.

ދައުލަތުގެ މުވައްޒަފަކު ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔަ ދުވަސްވަރު ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އެ މުވައްޒަފުގެ ނަމުގައި ނުވަތަ މުވައްޒަފުގެ އާއިލާގެ ނަމުގައި ނުވަތަ ޒާތީ ނުވަތަ ވިޔަފާރީ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ މިލްކު ކުރުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައިވެއެވެ.

އިސްލާހުގައިވާ ގޮތުން، އެ މުވައްޒަފެއްގެ ދިރިއުޅުމުގެ ފެންވަރު ގާއިމުކޮށްފައިވަނީ ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތުގެ މަތިންކަން ސާބިތުކޮށް ނުދެވުމަކީ ވެސް ކުށެކެވެ. އަދި އާއިލާގެ ނަމުގައި ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހަކަށް މުދަލެއް ލިބިފައިވަނީ ވެސް ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތުގެ މަތިންކަން ސާބިތުކޮށް ނުދެވުމަކީ ވެސް ކުށެކެވެ.

މި ކުށް ކުރި ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ ފަނޑިޔާރަކު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވާނަމަ، އެއީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައިވެއެވެ. އެހެންވާނަމަ އެ ކުށުގެ އަދަބަކީ އެންމެ ގިނަވަގެން 15 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

މި ކުށް ކުރި ފަރާތަކީ ދައުލަތުގެ އެހެން ވަޒީފާއެއްގައި އުޅޭ މީހެއްކަމަށްވާ ނަމަ، އެއީ ޖިނާއަތުގެ ތިންވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައިވެއެވެ. އެ ދަރަޖާގައި ކުށުގެ އެންމެ ބޮޑު އަދަބަކީ އަށް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. Anonymous

    ނުޙައްޤު މުެސަނދިކަން ތީ އަރަތެއް. މަޖިލީހަށް ވަނުމާއެކު ބޮޑު މުއްސަނޖަކަށް ދުވަސްކޮޅަކުންވޭ. ބޭނުންވާ ބައެއްގެ މައްޗަށް ޙުކުމްކުރެވޭ ގޮތަށް ކުރާކަމެއް ތިވެސް.
    ތި ބިލު ފާސްކުރި މީހުންގެ މާލީ ހިސާބު ބަލާލަން ރަގަޅު. މެމްބަރުންނާއި މެމްބަރުންގެ އަނބި ފިރި ނުވަތަ ދަރިންގެ މާލީ ބަޔާން ހުށަހަޅާލަން ރަގަޅު. އޭރުން އެނގޭނެ. އޭގައި ހިމަންވާނެ ކުރާ ދަތުރުތަކާއި މަހުން މަހުގެ ޚަރަދުތަކާ ކުއްޔާ މިހެންގޮސް ....

    15
  2. ޟމ

    މިހާރު ސަރުކާރުގަ ވަޒީފާ އަދާކުރާ މީހުންގެ އެކައުންޓްގަ 1 ރުފިޔާ އޮތަސް އެވާނީ ނުޙައްޤު މުއްސަނދި ކަމަށެވެ. ސަބަބަކީ އޭނާގެ އާމްދަނީ އަށް ލިބޭ އެއްޗަކަށް ވުރެ ބޮޑު ޢަދަދެއް ގޭކުލީގެ ގޮތުގައި ދައްކަން ޖެހޭތީ 3 އިރު ކެއުމުގެ ބަދަލުގައި 1 އިރު ކައިގެން ބަނޑަށްހުރެ އެ ރުފިޔާ ފޮރުވިއަސް މި ޤާނޫނު ބުނާ ގޮތުން އެމީހަކު ކުށްވެރި ވީއެވެ. މި ޤައުމުގައި އުޅުމަށް މިހާރު މިވަނީ އުނދަގޫވެފައެވެ. ޙައްގު މުއްސަނދިކަން އޮތީ ތިޔަ ބޭފުޅުންނަށް އެކަނި މިވީ ގޮތުން

    26
  3. ޕުޗުސް

    މިގައުމުގެ 50% މުއްސަނދިން ޖަލަށް ލާން ޖެހިފަ މިއޮތީ.

    24
    • ހުސޭނުބޭ

      ކެކެކެކެކެކެ........ ތިހެން ބުނި މީހާ އާއި މަޖިލީހު މެންބަރުންވެސް. ރަގަޅަށް ބެލައިފިއްޔާ ތި މަޖިލީހަކުވެސް ނެތް ސަލާމަތްވާނެ އެކަކުވެސް

  4. ގެރި

    މި ސަރުކާރު އެންމެންގެ މައްޗަށް ތި ދައުވާ ކުރެވެން ޖެހޭ

    14
  5. ދިރާސާވެރިޔާ

    ދިވެހި ރާއްޖޭގައި މުއްސަދިވާންޖެހެނީ މުއްސަދިން އެކަނިތަ..؟ ސަ ރުކާ ރުގެ ވަޒީފާގައި އުޅޭ މީހާއަށްވެސް އޮންނަންވާނެ މުއްސަދިވުމުގެ ހައްޤު.. މުއްސަދިވުމަކީ ވަކިބަޔެއްގެ ހައްގެއްކަމަށް ގާނޫންތަކުގައި ލިޔުނީމައި ކަމަކުނުދޭ.. ދައުލަތުން ބޭސްފަ ރުވާ، ސެކިއު ރިޓީ، އެކަމަޑޭޝަން، މުސާ ރަ ދޭ މީހުންނަށް މަގާމުގައި ހުންނައި ރު ވިޔަފާ ރި ކު ރުން، ކަ ރަޕްޝަނަށް މަގުފަހިވާގޮތަށް ފައިސާ، ހަދިޔާ ގަބޫލުކޮއްގެން ނުވާނެ

  6. ބަކަރި

    ރައީސް ސޯލިހުގެ މައްޗަށް ތި ދައުވާ ފުރަތަމަ ކުރަންވާނީ

    13
    1
  7. ކޮރަލް

    ތިޔަ ކަން ބަލާނެ ބަޔަކު ނެތެވެ،

  8. އަންނި

    ތިކަމާ ހެވެނީ ހަމަ.

  9. ޙަހަހަހަހަހހަހަހ

    ޢިނގިރޭސި ވިލާތު ނަޝީދު ކަލޯމެން އެންމެން ކުޑަގޮޅިއަށް ފައްތާފަ ބަޗާނެ

  10. ދުއިފާ

    ޑްރަގްސް ވިއްކައިގެން މުއްސަދި ވެފަ އެތިބަ މީހުންނަށް އޮތީ ކޮން ގޮތެއްބާވައެވެ؟

  11. ބޭނުމެއްނޫނޭ

    ކަލޯ ކަލޯ ވަކިބަޔަކައް އަމާޒުކޮއް ތިކަހަލަ ޤާނޫނުގެދުން ބުއްދިވެރިއެއްނޫން ތިހެން އުޅެނިކޮއް ފޭހުނު އިލޮށި ލޮލައްހެރޭތަން ފެންނާނީ މިހާރުވެސް އެއޮތީ ފެނިފަ ރައްޔިތުން އެބުނަނީ

  12. ދުންމާރި

    ނުޙައްޤު މުއްސަނދިކަން ހޯދައިގެން އެންމެ ފުރަތަމަ ޙުކުމްކުރަންޖެހޭނީ ޝިރާޖަށް ދެން އޭގެ ފަހުން މަޖިލީހުގެ ލާދީނީ އެމްޑީޕީމެމްބަރުންނަށް އޭގެ ފަހަތުން އެހެން ބަޔަކު އަންނާނީ

  13. ޒާ

    އަބްދުﷲ ޝާހިދު ލަންޑަނުން ގެއެއް ގަތްގޮތްބަލާ އަދަބުދެވޭނެތަ؟

  14. އަބްދޫ

    ރާއްޖޭގަ ނުހައްގު މުއްސަނދިކަން ހޯދި ދެމީހުނަކީ ކެރަފާ ސައްތަރާއި ސިއްކަ އަހްމަދު އިސްމައީލްމަނިކު. ދެޅިޔަނުން. ދަވްލަތުގރ ކުންފުންޏެއްގަ ވަޒިފާ އަދާކުރީ އޭގެފަހުންމަހުޖަނުން. ސައްތާރަށް ކުށް ސާބިތުވި. އެއްވެސް ފައިސައެއް ދަވްލަތަށް ނުދެއްކުމުން އިފްލާސްކުރީ.

  15. ވާނުވާ

    ވާނުވާ ނޭނގޭ ގަމާރެއް ތިޔަބިލް ލާފަތިއޮތީ، “މުއްސަނދިންނަށް މުއްސަނދިކަން އަބަދައް، ފަގީރުން ފަގީރުކަމުގަ އަބަދައް”

  16. ޙައްވަ

    ތިޔަ ޙުކުމް ތައް އިއްވަންތިބޭނީ ގިނަފަހަރަށް ތިޔަ ކަންކމުން މުއްސަނދިވެފަ ތިބޭ ފަހުލަވާނުން.