މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ފައްސި ވޭދަނައެއް ފެނި، އއ. ބޮޑުފޮޅުދޫއަށް އަރާ ފޭބުން މަނާކޮށްފި އެެވެ.

އެ ރަށް މޮނީޓަރިންގއަށް ލައި އެޗްޕީއޭއިން ފޮނުވި އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ.

އެ އެންގުމުގައި ވަނީ މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެ ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.

ކޮވިޑް-19 އަށް އަތޮޅުތެރޭގެ ރަށްތަކުން ފައްސިވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވެ، ބައެއް ރަށްރަށުގައި ވަނީ ބިރުވެރިކަން ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު