އއ. މަތިވެރިން އިތުރު 18 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިހާރު އަރާ ފޭބުން މަނާ ކޮށްފައިވާ މަތިވެރިން ކޮވިޑަށް ފައްސިވި ބައެއް މީހުންނަކީ އއ. ބޮޑުފުޅަދޫ އިން ކޮވިޑަށް އަށް ފައްސިވި މީހާއާ ގާތުން އެއްތާންވި މީހުންނެވެ.

އަދި އޭގެ ފަހުން އެރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް ވަކި ތަރުތީބެއް ނެގި ވަނީ 150 ސުންކު ނަގާފައެވެ. އެ ސުންކުތަކުގެ ތެރެއިން އަދި މިހާތަނަށް ނަތީޖާ ލިބުނީ 29 ސުންކެއްގެއެވެ. އޭގެ ތެރެއިން 18 ސުންކެއް މި ވަނީ ކޮވިޑަށް ފައްސިވެެފައެވެ.

އެހެންކަމުން މިހާރު އެރަށަކީ ބަލީގެ ނުރައްާކާ ބޮޑު ރަށަކަށް ވަނީ ވެފައެވެ.

މަތިވެރިއަކީ ފަތުރުވެރިންގެ މެދުގައިވެސް މަގުބޫލު ރަށެކެވެ. އެރަށުގައި ގިނަ ގެސްޓްހައުސްތައް ހިންގަމުންދެއެވެ.

 

ކިޔުންތެރިންގެ ހިޔާލު