ހއ. ދިއްދޫން މިއަދު ކޮވިޑް-19 އަށް ފައްސިވި އަދަދު 14 އަށް އަރައިފިއެވެ.

މިއަދު އެރަށުން ނުވަ މީހަކު ކޮވިޑަށް ފައްސިވިއެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 14 އަށް އަރާފައެވެ.

މިހާރު އެރަށުން ޖުމްލަ 38 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ދިއްދޫން އެންމެ ފުރަތަމަ ކޮވިޑަށް ފައްސިވެފައި ވަނީ، ކަރަންޓީންގައި ނެތް މީހެކެވެ. އެ މީހާއަކީ އެރަށު ފްލޫ ކްލިނިކަށް ދައްކަން ދިޔަ މީހެެކެެވެ.

މިިދިޔަ ހަފްތާ ހޮނިހިރު ދުވަހު އެ ވޭދަނަަ ފެނުމާއެކު އެރަަށަށް އަރާ ފޭބުން މަނާ ކުރިއެވެ.

އަދި އެމީހާއާ ގާތުން އެއްތާވި މީހުން ހޯދާ ސުންކު ނެގިއެވެ. އޭގެ ތެެރެއިންވެސް ގިނަ ބަޔަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އަތޮޅު ތެރޭގައި މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް ވަނީ އިތުރުވެގެން ގޮސްފައެވެ. އެގޮތުން މިހާރު މިހާތަނަށް އަތޮޅު ތެރޭގައި ބަލި ޖެހިފައި ތިބި 1500 އަށްވުރެ ގިނަ މީހުން އެބަތިއްބެެވެ.

ކިޔުންތެރިންގެ ހިޔާލު