23:46

23:43

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދެވުނު ހަމަލާއަށް ފަހު މިރޭ ކުއްލި ގޮތަކަށް މަޖިލީހުގެ ޖަލްސާއެއް ބޭއްވިއިރު، އެ ޖަލްސާ ދިގުދެމިގެންދާ ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށް ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ

23:26

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ފަށައިފި.

23:23

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގައި އަނިޔާވި ތިން ސިފައިން މީހުންގެ ތެރެއިން އައިޖީއެމްއެޗް އަށް ގެންދިޔަ ސިފައިންގެ މީހާ ވަނީ ދޫކޮށްލާފައި. އޭނާ އައިޖީއެމްއެޗަށް ގެންދިޔައީ ކަންފަތަށް ތަދުވާތީ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވި. އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ދެ ސިފައިންނަށް އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށާއި ދެ މީހުންގެ ވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވި. ސިފައިންގެ ދެ މީހުންނަށް ވެސް ވެސް ލިބިފައި ވަނީ ކުދިކުދި އަނިޔާތަކެއް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވި.

23:14

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އުރީދޫ އިން ވަނީ ކުށްވެރިކޮށްފައި. މި ނިރުބަވެރި ހަމަލާގައި ޒަހަމްވި ނަޝީދާއި އެހެން ފަރާތްތަކާ އެކުގައިވާ ކަމަށް އެ ޓުވީޓުގައިވޭ. އަދި އެންމެންނަށް އަވަސް ޝިފާއެއް މިންވަރު ކުރުން އެދި ދުއާ ކުރި.

23:12

ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ބުނީ ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް. އެމަނިކުފާނަށާއި މި ހަމަލާގައި އަނިޔާވި އެންމެންނަށް އަވަސް ޝިފާއެއް މިންވަރު ކުރުމަށް އެދި އޭނާ ދުއާ ކުރި.

 

23:08

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ރާއްޖޭގައި ހުންނަ އދ. ގެ އޮފީހުން ވެސް ކުށްވެރިކޮށްފި.

23:07

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އޭޑީކޭ ކައިރީގައި. --- ވަގުތު އިމޭޖަސް

23:06

ފުލުހުން މިރޭ މާލެ ތެރޭގައި ހަރަކާތްތެރިވަނީ. --- ވަގުތު އިމޭޖަސް

23:04

ފުލުހުން އޭޑީކޭ ކައިރީގައި ހަރަކާތްތެރިވަނީ. --- ވަގުތު އިމޭޖަސް

23:02

ނަޝީދަށް ދިން ހަމަލާ ހުޅުމާލެ ދާއިރާގެ އިންތިހާބީ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފި.

22:53

އޭޑީކޭ ހޮސްޕިޓަލުން ދެންމެ ކުރި ޓުވީޓެއްގައި ވަނީ ނަޝީދު ޒަހަމްވެވަޑައިގެން އެ ހޮސްޕިޓަލަށް ގެނައީ މިރޭ 20:30 ގައި ކަމަށް. އެމަނިކުފާނަށް މިވަގުތު ފަރުވާދެމުން ދަނީ މަލްޓި ސްޕެޝަލިޓީ މެޑިކަލް ޓީމަކުން ކަމަށް އޭޑީކޭގެ ޓުވީޓުގައިވޭ. އަދި އެމަނިކުފާނުގެ ހާލަތު ސްޓޭބަލް ކަމަށާއި އިތުރު އަޕްޑޭޓެއް ފަހުން ދޭނެ ކަމަށް އޭގައިވޭ.

22:52

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދެއްވާފައި ވަނީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ކަމަށް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީންް ބުނެފި

22:51

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ ނަޝީދަށް ލިބިވަޑައިގަތް އަނިޔާއަށް ފަރުވާ ދެމުންދާ މިދަނޑިވަޅުގައި، އެމަނިކުފާނަށާއި އަނިޔާވި އެހެން ބޭފުޅުންނަށް އަވަސް ޝިފާއެއް މާތްﷲ މިންވަރުކުރެއްވުން އެދިވަޑައިގަންނަވާ ކަމަށް. އަދި މި އަމަލު އޭނާ ވެސް ކުށްވެރި ކުރެއްވެވި.

22:48

ސިފައިން ހަތިޔާރާއެކު އޭޑީކޭ ކައިރީގައި ފޯރިމަރަނީ. --- ވަގުތު އިމޭޖަސް

22:46

ދިރާގުން މިރޭ ކުރި ޓުވީޓެއްގައި ބުނީ ނީލޯފަރު މަގުގައި ހިނގި ހާދިސާއާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް. އަދި އެ މަގުގައި ދިން ހަމަލާ ކުށްވެރި ކުރާ ކަމަށް އެ ޓުވީޓުގައިވޭ. އަދި މި ހާދިސާގައި ޒަހަމްވި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި މި ހަމަލާގައި ޒަހަމްވި އާންމުންނަށް އަވަސް ޝިފާއަކަށް އެދިފައިވޭ.

22:46

22:44

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ފުލުހުންގެ އެލާޓް ލެވެލް މަތިކޮށްފި

22:43

ލަންކާގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސަ ވިދާޅުވީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް. އަދި އެމަނިކުފާނަށް އަވަސް ޝިފާއެއް މިންވަރުކޮށް ދެއްވުން އެދި ދުއާ ކުރެއްވި.

22:41

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެންމެ އޭޑީކޭ ހޮސްޕިޓަލުން ނުކުމެވަޑައިގަތުމުން ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ ސަޕޯޓަރުންތަކެއް ވަނީ އެކަމަނާއާ ދިމާކޮށްލާފައި. އަދި ނަޝީދަށް ފުރިހަމަ ރައްކާތެރިކަން ނުދެވޭ ކަމަށް ބުނި. އަދި މާރިޔާގެ އިސްތިއުފާ އަށް ވެސް ގޮވާލި.

22:39

މިރޭ ރައްޔތިުންގެ މަޖިލީހުގެ ކުއްލި ޖަލްސާ އެއް ބާއްވަން ނިންމައިފި

22:39

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ނަޝީދުގެ ކާރު ކައިރިން އެއްޗެއް ގޮއްވާލުމާ ގުޅިގެން ނަޝީދަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާ އިރު މިއީ ބިރުވެރި ހާލަތެއް ކަމަށް. މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރެއްވި. އަދި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންނެވި.

 

22:37

ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާ ކުށްވެރި ކުރައްވާފައި.

22:34

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ

22:29

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރި ކުރައްވާ ކަމަށް. މި މައްސަލަ ފުލުހުންނާއި ސިފައިން ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވި. އަދި މިކަމާ ގުޅިގެން ރައީސް އާއި ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެމްބަރުން މިރޭ ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވި.

22:27

މާލޭގައި މިރޭ އެއްޗެއް ގޮއްވާލި ހާދިސާ އެޗްއާރުސީއެމް އިން ކުށްވެރިކޮށްފި. މިހާދިސާގައި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނުގެ ޑްރައިވަރާއި އަދި ފަތުރުވެެރިއަކަށްވެސް އަނިޔާ ލިބިފައިވާތީ ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.

22:25

ރައްޔިތުންގެ މަޖިލިހުގެ ކުއްލި ޖަލްސާއެއް ބާއްވަން ތާވަލްކޮށްފި. މި ޖަލްސާ ބޭއްވުމަށް ތާވަލްކޮށްފައި ވަނީ މިރޭ 10:45 ގައި.

22:24

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: މާލޭ ނީލޯފަރުމަގުގައި ބާރުގަދަ އެއްޗެއް ގޮވައި ރައީސް މުޙައްމަދު ނަޝީދަށް ލިބުނު އަނިޔާ އަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން. މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން.އަދި މި މައްސަލަ ފުލުހުން ދަނީ މިހާރު ތަހުގީގުކުރަން.

22:24

ރައްޔިތުންގެެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފަހަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް ނުވަތަ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވިދާޅުވެއްޖެ

22:23

22:22

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ އެމްޓީސީސީން ވަނީ ކުށްވެރިކޮށްފައި. ނަޝީދަށާއި އާންމުންނަށް ދެވުނު އެ ހަމަލާއާ ގުޅިގެން އަނިޔާ ލިބުނު މީހުންނާ އެކުގައި ވާ ކަމަށް އެމްޓީސީސީގެ ޓުވީޓުގައިވޭ.

22:20

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލަ އެންމެ މަތީ އަހަންމިއްޔަތުގައި ތަހުގީގު ކުރަމުންދާ ކަން ކަށަވަރު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ

22:20

ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) ވެސް ވަނީ ރައީސް ނަޝީދަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައި. ރައީސް ނަޝީދަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށް އެދިވަޑައިގެންނެވި.

22:20

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފި

22:19

އެމްއެންޑީއެފްގެ އެލާޓް ލެވެލް މަތިކޮށްފި.

22:19

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ނަޝީދަށާއި އިތުރު ބަޔަކަށް ދިން ހަމަލާ ކުށްވެރި ކުރައްވާފައި.

22:17

ރައްޔިތުންގެ މަޖިލިހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްދިން ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް. މިފަދަ އަނިޔާވެރި ފިނޑި އަމަލުތައް ކުރާ ފަރާތްތައް ހޯދައި އެ ފަރާތްތަކާ މެދުގައި ހަރުކަށި ފިޔަވަޅު އެޅުމަށް އޭނާ ގޮވާލެއްވި. އަދި ރިޔާޒް ވަނީ ނަޝީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައި.

22:15

މިވަގުތު ރައީސް ނަޝީދު ސާޖަރީއެއް ފުރިހަމަ ކުރައްވަމުން ގެންދަވާ ކަމަށް މައުލޫމާތު ލިބޭ.

22:15

ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވަނީ ނަޝީދަށް ދިން ހަމަލާ ކުށްވެރި ކުރައްވާފައި.

22:13

އޭޑީކޭ ސަރަހައްދަށް އެއްވެ ތިބި މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގައިފި. އެ ސަރަހައްދުގައި ތިބީ އެމްޑީޕީގެ ސަޕޯޓަރުން.

22:09

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ނަޝީދަށް އަމާޒުކޮށް މިރޭ ދެވުނު ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވަން. މި މައްސަލަ އެންމެ މަތީ ދަރަޖައިގެ އަހަންމިއްޔަތު ކަން ދީގެން ދިވެހި ފުލުހުން ތަހުގީގު ކުރާ ކަން ކަށަވަރު ކުރައްވާނެ ކަމަށް ވިދާޅުވި. ނަޝީދާއި ގެއްލުންވި ފަރާތްތަކަށް އިމްރާން އަވަސް ޝިފާއަކަށް އެދިވަޑައިގެންނެވި.

22:07

ރަައއްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާ ސަރުކާރު ހިންގާ ކޯލިޝަަަނުގައި ހިމެނޭ އަދާލަތު ޕާޓީން ކުއްވެރިކޮށްފި

22:06

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅުގެން ސިފައިންނާއި ފުލުހުންގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވަން ފަށައިފި

22:05

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްދިން ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް. މިފަދަ އަނިޔާވެރި ފިނޑި އަމަލުތައް ކުރާ ފަރާއްތައް ހޯދާ އިންސާފު ގާއިމު ކުރުމަށް ގޮވާލެއްވި.

22:04

ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ނަޝީދަށް ދިން ރަހުމު ކުޑަ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް. އެމަނިކުފާނަށް އަދި އަނިޔާ ލިބުނު އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާ ކުރެއްވި.

22:01

ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް. މިރޭގެ ހާދިސާ ވީއެންމެ އަވަހަކަށް ތަހުގީގުކޮށް އެ ފިނޑިޢަމަލު ހިންގި ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވިދާޅުވި. ގައުމުގެ ހާލަތު ގޯސްވާން އިތުރަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވި.

22:01

ކުރީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެ ކައިރީ ބާރުގަދަ އެއްޗެއް ގޮއްވައި އެމަނިކުފާނަށް ދޭން އުޅުނު ހަމަލާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްއާއި ކުރީގެ ރައީސް މުޙައްމަދު ވަޙީދު ހަސަން މަނިކު ކުށްވެރި ކުރައްވައިފި

22:00

އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު ވަނީ ނަޝީދަށް ދިން ހަމަލާއާ މެދުގައި ކަންބޮޑުވުން ފާޅުކުރައްވާފައި. އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވޭ.

21:57

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާތައް ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށް ވަނީ އައިސްފައި.

21:57

އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ ވަނީ މިރޭ ދިން ނުރައްކާތެރި، ރަހުމު ކުޑަ ހަމަލާގައި ޒަހަމްވި ރައީސް ނަޝީދަށާއި އަދި އަނިޔާވި އެހެން ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށް އެދި ދުއާ ދަންނަވާފައި. މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި.

21:55

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ބިރުވެރި ޙަމަލާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމަށް. މި ނުރައްކާތެރި ޙަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާއަށް އަވަސް ޝިފާއެއް ދެއްވުން އެދި މާތް اللہ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި.

21:53

ރައީސް ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދާދި ދެންމެއަކު އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފި. ސިފައިންގެ ބައެއް ވެރިންނާއި ފުލުހުންގެ ބައެއް ވެރިން ވެސް އޭޑީކޭ ހޮސްޕިޓަލްގައި އެބަތިއްބެވި.

21:52

ރައީސް ނަޝީދުގެ ހާލު ބެލުމަށް ގިނަ އަދަދެއްގެ އާންމުން ދަނީ އޭޑީކޭ ހޮސްޕިޓަލް ކައިރި އަށް ޖަމާވަމުން.

21:52

ޖެންޑަ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ކާރުކޮޅު ކައިރީގައި އެއްޗެއް ގޮއްވާލައި، ހިންގާފައިވާ ނުރައްކާތެރި ފިނޑި ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް. ނަޝީދަށް ހެޔޮ ސިއްޙަތެއް މިންވަރުކޮށްދެއްވުން އެދި މިނހިސްޓަރު ދުއާ ކުރެއްވި.

21:49

ރަައްޔިތުންގެެ މަޖިލީހުގެެ ރައީސް، ރައީސް މުހަަައްމަދު ނަޝީދަަށް ދިން ހަަމަލާ މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް) އިން ކުއްވެެރިކޮށްފި.

21:39

ހަމަލާގައި އަނިޔާވި ހަތަރު މީހަކަށް އޭޑީކޭގައި ދަނީ ފަރުވާދެމުން.

21:39

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާދިން މީހުން ހޯދައި ހަރުކަށި އަދަބު ދޭން ޖެހޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި.

21:29

"އަޅުގަނޑުގެ ދުއާ އަކީ ރައީސް ނަޝީދަށް އަނިޔާއެއް ނުވުން. އަދި މި ނިރުބަވެރި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން" ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް.

21:24

މި ހަމަލާ ކުރީގެ ރައީސް މުހައްމަދު ވަހީދު ވެސް ވަނީ ކުށްވެރި ކުރައްވާފައި. ރައީސް ވަހީދު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހައް އޮންނަ ނަފްރަތު ކުރުމުގެ އަމަލު ދޫކޮށްލައި އެކަކު އަނެކަކަށް ގުޅިގެން މަސައްކަތް ކުރުމަށް އެންމެން މަސައްކަތް ކުރަން ޖެހޭ ކަމަށް.

21:19

މިހާރު އެ ސަރަހައްދު ބަންދުކޮށް، ހަތިޔާރާއެކު ސިފައިން ދަނީ ހަރަކާތްތެރިވަމުން.

ރައީސް ނަޝީދުގެ ގެކޮޅު ސަރަހައްދުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަނީ

21:18

ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާ މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި. އަދި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާ އެއްޗެއް އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި.

21:14

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އަދި ހިތަދޫ ޕީޕީއެމްގެ ރައީސް، މުޙައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ކުށްވެރި ކުރައްވައިފި.

21:13

އެއިރުދިން ހަމަލާގައި 12 މީހުން ހައްޔަރުކޮށް، ތަހުގީގު ކުރެވުނު، އަދި ތިން މީހަކު 15 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވޭ.

21:12

2007 ވަނަ އަހަރު ސަލްޓަން ޕާކް ކުރިމަތީގައި ފަތުރުވެރިންނަށް އަމާޒުކޮށް ދިން ހަމަލާގައި ގޮއްވާލާފައި ވަނީ ރާއްޖޭގައި އުފައްދާފައި އޮތް ބޮމެއް.

21:10

މިއީ 2007 ވަނަ އަހަރު މާލޭގައި ދިން ބޮމުގެ ހަމަލާއަށް ފަހު ރާއްޖޭގައި މިގޮތަށް ދިން ފުރަތަމަ ހަަމަލާ.އެ ހަމަލާގައި 12 ފަތުރުވެރިން ޒަހަމްވި.

21:08

އެ ސަރަހައްދުގައި ލޭ ހުރި ކަމަށްވެސް މަންޒަރު ދުށް މީހުން ބުނޭ.

21:08

ހަމަލާދީފައި ވަނީ ކެނެރީގެ މަގާއި މަޖީދީ މަގާވީ ކޮޅުގައި، ގޮވި އެތި ގޮއްވާލާފައި ވަނީ އެމިޓީ ފިހާރަ ކައިރީގައި،

21:05

"ވަގުތު" އަށް އެނގިފައިވާގޮތުން ހޮސްޕިޓަލްގައި ފަރުވާދެމުންދާ ތިން ވަނަ މީހާއަކީ ރައީސް ނަޝީދުގެ ހަށިފާރަވެރިއެއް.

21:04

ރައީސް ނަޝިދަށް ދެވުނު ހަމަލާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުށްވެރިކުރައްވައިފި.

21:04

އަނިޔާވި އިތުރު މީހަކަށްވެސް އޭޑީކޭގައި ދަނީ ފަރުވާ ދެމުން.

21:00

މި ހަމަލާގައި ޒަހަމްވެގެން އިތުރު މީހަކުވެސް އޭޑީކޭއަށް ގެންގޮސްފައި. އޭޑީކޭއަށް ގެންދިޔައީ ބިދޭސީއެއް. އޭނާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނޭ.

20:59

މިހާރު އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުން.

20:58

މި ހަމަލާގައި އެ ސަރަހައްދުގައި ހުރި ބައެއް ތަކެއްޗަށްވެސް ވަނީ ގެއްލުންވެފައި.

20:58

ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި ވަނީ ބާރުގަދަ އެއްޗެއް ގޮއްވާލާފަައި.

20:57

"އަޅުގަނޑަށް ވެސް އެކަހަލަ މައުލޫމާތެއް ލިބިފައިވަނީ. އަދި ރައީސް ވަނީ މިހާރު އޭޑީކޭއަށް ގެނެސްފައި. ލިބުނު އަނިޔާތަކުގެ މައުލޫމާތެއް އަދި ސާފެއް ނުވޭ" އޭޑީކޭ މެނޭޖަރު


 

ކުރީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އެމަނިކުފާނަށް އަނިޔާވެއްޖެ އެވެ.

މިހާރު އެމަނިކުފާނު ވަނީ އޭޑީކޭ ހޮސްޕިޓަލަަށް ގެންގޮސްފައެވެ.

މި ހަމަލާ ދީފައި ވަނީ ރައީސް ނަޝީދު ގެކޮޅުން ކާރަށް އަރައިވަޑައިގަންނަވަނިކޮށެވެ.

އިތުރު ތަފްސލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

92 ކޮމެންޓް

  1. ޖުއްބާ

    ސާބަސް!

    64
    43
    • ލޮލް

      ހަހަހަ. ރަގޅު. މިގައުމައް ޖެހިފައޮއް ވަބާޔެއް ތިޔަކީ.

      80
      51
      • ޜާމީ

        މިގައުމަށް ޖެހިފައިވަނީ ވަގުންގެބަލާ. ޥަގުންނަށް ދޭންޖެހޭ އަދަބަކީ އަތް ކެޑުން. މި ކަންތަންފީޒުކުރަންޖެހޭ.

        42
        13
        • Anonymous

          ތެދެއް ނޭވާ ހޯލިންނާ ކަރަންޓް ކޭބަލްވެސް ވަގަށް ނަގަނީ. މިވަރަށް ދެން ވައްކަން ދާނީ!

        • ސަރާ

          ހަމަ ނަޝީދަށް ދިން ހަމަލާ އެއްބާ ނޫނީ އިންތިފާގެއްބާ ސައި ކަލް ގޮއްވާލީބާ ނޫނީ ބެޓްރީ ގޮވީބާ ސިފައިން ތަހްގީގު ކޮށް އަވަސް ނަތީޖާ އެއް ލިބޭނެ ކަމަށް އުއްމީދު ކުރަން

          3
          1
        • ރާމްޗޯރު

          އެކުރީ ތަންފީޒު. އެކުރީ. ހަމަ މިހާރު އެކުރީ.އެންމެފުރަތަމަވެސް ތަންފީޒުކުރަނީ އެއާޕޯޓް ވިއްކާލި މޮޔަ ސޮރަށޯ.

          4
          1
    • ޒައިކް

      ވަރަށް ޑުރާމާ ކުޅޭނެ އެތެރޭގެ އިންތިހާބު އޮތީމަ އެމްޑީޕީ ކުދިންގެ ސިންޕަތީ ހޯދަން.. މިހާރު ތާއީދު ގެއްލިފަ އޮތްކަން އެނގުނީމަ ޕާޓީތެރޭގަވެސް

    • ޏަވިޔަނި

      ތާއީދު ނެތީމަ ޑްރާމާ ފެށީ ދޯ

      108
      21
      • ނަޝީދު ދަ ޑްރާމާ ކިންގް

        އަމިއްލަ އަށް ހޭވި ހަޑިއެއް!

        39
        14
    • ބޭބެ

      ދެން ނޭނގެ މިހަދާއެއްޗެއް!! ވާނުވާއެއް ނޭނގެ!! ކޮވިޑްގެ ވާހަކަތައް އޮށްބާލަންވެގެން ރޭވުމަކަށްވެސް ވެދާނެ!! ދެން ސިންޕަތީ ހޯދަން ޖެހި ކުޑަ މަޅިއަކަށްވެސްވެދާނެ!! ނޭނގެ ކޮށްފަ ނުކުރާނެކަމެއްވެސް!! އިންޑިޔާ މީހުން ހަބޭސް ކިޔާފަ އަދިވެސް އެތެރެކުރަނީ!! އެންބަސީންވެސް އެތެރެކުރަނީ!! ވެދާނެ އިންޑިޔާ މީހުން އަޑީގަ ތިބެގެން މިގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރަނީކަމަށްވެސް!! ސަރުކަރަށް ޕްރެޝަރކޮށް އަދިވެސް ސިފައިން އިތުރަށް ގެންނަން އުޅެނީކަމަށްވެސްވެދާނެ!! މިގައުމު ހަލާކުުކޮށްލާ އެމީހުން ބޭނުންވާގޮތަށް މިގައުމުގެ ބާރުވެރިކަން ނަގަން އުޅެނީކަމަށްވެސް ވެދާނެ!! އިންޑިޔާ އައުޓް! އިންޑިޔާ މީހުން މިގައުމަށް އެތެރެވުން ހުއްޓުވާ!! މިރާއްޖެއަށް ހަމަޖެހުން އަންނާނީ މިހާރު މިއޮތް ސަރުކާރު ރައްޔިތުން ބަދަލުކުރި ދުވަހަކުން!! އެހެންނޫންނަމަ މިގައުމު ދާނީ ވަޅުގަނޑަކަށްފަހު ވަޅުގަނޑަކަށް ވެއްޓެމުން!! ރައްޔިތުން އަނގަޔާއަތާދިމާނުވޭ!! އިގްތިސޯދީގޮތުން ގައުމު ހަލާކުވެ ނިމެނީ!! ފައިސަ ޗާޕުކުރަނީ!! އިންޕްލޭޝަން މަތިވެ އަގުތައް އިންތިހާއަށް އުފުލެނީ!! މިކަހަލަ ހަމަލަތައް ކުށްވެރިކުރަން!! ގޮށްވުން!! ގިނަބަޔަކަށް ގެއްލުންވާ ކަހަލަ ކަންތައް އެކަކަށް އަމާޒުކޮށްގެންނުވާނެ!!

    • ބޭނުމީ ގައުމު ހިންގަން

      ގެއްލިފައިވާ ތާއީދު އަލުން ހޯއްދެވުމަށް ނަޝީދު ކުޅުއްވި މަކަރުވެރި ކުޅިގަނޑެއް!

      8
      2
  2. ފަރު

    ސިމްޕަތީ ހޯދަން. ޑްރާމާ

    166
    44
  3. އިއްބެ

    މަހުވައި ހުސް ގޭމް

    144
    36
  4. ޝައުނާ

    ގެއްލުމެއް ނުވާނަމަ ކީއް ކުރަން ހޮސްޕިޓަލް އަށް ދިޔައީ . ސިމްޕަތީ ގޭމްއަ ކާ ވައްތަރީ މިދުވަސް ކޮޅު ވަރަށް ގިނަ ބަޔަ ކު އުޅެނީ ބޮޑު ވަޒީރާ ނުރުހިގެން

    120
    37
  5. އައްޔަ

    ސަމާލުކަން ހޯދަން ޖައްސާ ސްޓަންޓް ތީ.. ކާކު ތީ

    144
    33
  6. ނާހިދު

    ވަރައްފިނޑި ޢަމަލެއް

    76
    46
  7. ށަސީދު

    ބަރާބަރު ވަރަށް އުފާ ވެއްޖެ

    100
    86
  8. ސަކޫން

    ކޮޅު ކޮޅު ނުލިޔެ ބަލަ. ހަމަ ގެއިން ކާރަށް އަރާ ވަޑައިގަންނަވަނި ކޮށް ކަމަށް ލިޔުނީމަ ކީއްތަވާނީ . ކޮޅު ގިނަވީމަ ކިޔާއިރު ބޮލަށް އުނދަގޫވޭ

    101
    9
    • ިބޯކިބާ

      އުނދަގޫފުޅުވެވަޑައިގަތީދޯ ކަލެއަށް.

      15
      14
  9. މައިޝާ

    ޑްރާމަ ކުޅެން ފެށީދޯ މީނަވެސް މީހުންގެ ހަމްދަރުދީ ހޯދަން.... ކިތަންމެ ޑްރާމާއެއް ކުޅުނަސް ކަލޭމެން ދައްކާ ފޮނި ވާހަކަ ރައްޔިތުން ދެން ނުކުރާނެ ގަބޫލެެއް..

    121
    33
  10. ރައްޔިތުމީހުން

    ބަރުލަމާނީ ސިމްޕަތައިޒަރސް ބޭނުންވެގެން ޖެއްސި އެކްޓެއް ނޫންބާ...
    ޕޮޕިއުލޭރިޓީ ވަރަށްދައްވެފަ އޮތީ ދޯ..

    116
    28
  11. ކިޔުންތެރިއެއް

    ތިހެންވީރުތީ އަމާޒުވީކީނޫނެއްނު.

    62
    5
  12. ރަދީފް

    ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދެން.މި ފިނޑި އަމަލު ހަރުކަށި އިބާރާތުން ކުއްވެރިކުރަން.

    67
    60
  13. ޕޮގުބާ

    ރާވައިގެން އަމިއްލަޔަށް ކުރިކަމެއް ތީ ޔަގީން

    110
    37
  14. ހުސޭނުބޭ

    ތިއީ ބޮޑުވެގެންވާ ބަޣާވާތެއް! ބޮލުގައި ހުރީ ބަޑިޖައްސާފައި ........ ދެތިކި ޕީ....... އަމިއްލައަށް ކުޅޭ ޑްރާމާއެއް. މިހާރު ވަރަށް ބޮޑަށް ނަންބަރު ވެއްޓިފައިވާތީ އަމިއްލައަށް ކުރި ކަމެއް!

    83
    19
  15. ޅަގުރާ

    ތިވާނީ ބޭއިޙްތިޔާރުގައި ފޮޑިއެއް ޖެއްސެވުނީ ކަމަށް

    54
    17
    • ޙަހަހަހަ

      ނަޝީދަށް އަނިޔާދިނީމަ ހަރުކަށިވެސް އޯކޭ ދޯ؟

      16
      7
  16. ނަސީރު

    މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންނަށް ނަމާދަށް ފަރުވާތެރިނުވުމުގެ ހުއްޖަތެއް ކަމުގައި މިކަންވާނެތޯ

    26
    7
  17. ބޯހަލާކު

    ދޮންކަލޯ، ޕީއާރު ސުޓަންޓެއްތަ؟

    94
    22
  18. އެހެން

    ޔާމީންގެ މުއްދަތު އިތުރުވާނެ 200 އަހަރަށް މިކަމާހެދި

    50
    25
  19. Anonymous

    ޑްރާމާ " ޕާގަލް" އެޕިސޯޑް

    92
    24
  20. މުހންމަދު

    ވަރައް ދަށު ދަރަޖައިގެ އަމަލެއް

    64
    37
  21. މޫވީ ސީން

    ހަމަ ސީދާ އަމިއްލަ އަށް ކުޅުއްވި ޑްރާމާއެއް.

    107
    30
  22. ކާފަ

    ކޯދޮވެލާ

    41
    5
  23. އޮންބރ

    ސީދާ ގޭމު ރީނދޫގެރި
    މިރެއަކު ތި ކެނަރީގެ އައްދިޔައީ ކީއްކިރަންބާ

    66
    12
  24. ކިޔުންތެރިޔާ

    އެއްވެސް އިންސާނަކަށް އެފަދަ ބޮޑު އަނިޔާއެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ޔާ ﷲ، މިފަދަ ހުރިހާ މުންކަރާތްތަކުން މި ދިވެހި އުންމަތް ސަލާމަތްކޮށް، ރައްކައުތެރިކުރައްވައިފާނދޭވެ!

    96
    15
  25. އިސްތިއުފާ

    ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލުމުން އަނިޔާވެއްޖެ ނަމަ އެއީ މަމެން ހިތާމަ ކޮށް ދެރަވާ ކަމެކޭ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގެންނަން ކެނެރީގެ ނަޝީދު ކުރާ މަސައްކަތަށް ބަޔަކު ހުރަސް އެޅުމުގެ ގޮތުން ނަޝީދު ނައްތާލަން ވެގެން ބަޔަކު ކުރި ކަމެއް ކަމަށް މަމެން ވަރަށް ބޮޑަށް ތުހުމަތު ކުރަމޭ މީސީދާ ޑިފެންސް މިނިސްޓަރު މާރިޔާގެ ފެއިލް ވުމެކޭ މާރިޔާ މިހާރުން މިހާރަށް ޑިފެންސް މިނިސްޓަރު ކަމުން އިސްތިއުފާ ދޭންވީއޭ މާރިޔާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    28
    18
  26. ޔޫސޭ

    އެންޑް ދަ ބެސްޓް އެކްޓަރ އެވޯރޑް ގޯޒް ޓު.. ކެނެރީގޭ ނަޝީދު (އަންނި).

    71
    17
    • ޒުހުރާ

      ރައީސްގެ ޕޮޕިއުލަރިޓީ ހައިވާތީ ސިމްޕަތީ ހޯދަން ޖެއްސި ސްޓަންޓަކަކަކަށްވުން ވަރަށް ކައިރި.

  27. ގެރި

    ހަމަލާ ކުއްވެރި ކުރާހާލު، ތިކަހަލަ ކަންތައް ރައްޔަތުންގެ ތަރުހީބު އޮތްވަރެއްބެލުމަށްޓަކާވެސް ކުރުމަކީ އެކަށީގެންވާކަމެއް! ނަޝީދު ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެ!

    56
    14
  28. ޢާވިމް

    މިކަން ކުރި ބަޔަކު ހޯދާފަ ޖަލައްލާފަ ރައްޔިތުންގެ ފައިސައިން ކާންދީފަ ބައިތިއްބާ!. އިންސާފު ދެވުނީ އޭރުން ްް. ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްކިހާ ބޮޑު ފިތުނައެއް އެ ކުރޮމަތި ކުރީ. ގައުމު އަގުވައްޓާލާ ބިރުވެރިކަން ގެނައި މީހުންނަށް މަރުގެ އަދަބު ދޭންވީ.

    20
    13
  29. ޙަޙahހަހަހަ ގެމް ސްޕަމެޖޯރިޓ8

    ޢަވަހަށް ބަރުލަމާނީ އެޖެންޑާ ބޮނދުވަޒޯރުކަން ދީ

    36
    10
  30. މައިކް

    ތިވަނީ އަމިއްލަޔަ ރާވައިގެން ކުރިކަމަކައް. މިހާރު އެނަގެ ވަހަކަނުދައކާތި. ތީ ނޫހައްއަރަންވެގެން ކުރިކަމެއް

    46
    10
    • ވަރަށް

      ޔަގީނެއްނު

      3
      1
  31. ޖެކީ ޗަން

    ދުރާލާ ރާވައިގެން ކުޅުއްވި ޑްރާމާއެއް.

    49
    11
  32. ވިސްނާލުމަށް އެދެމޭ

    ފިލްމް ސިމްޕަތީ...ކޮބާ އިންޓެލިޖެންސް...މިވަރުގެ ކަމެ ހިންގާލިއިރު އިންޓެލިޖެންސް ނެތީމަ ކީކ ކޭ ބުނާނީ...ހަރު ކަށި ފި ކުރުގެމީހަކު ހިތުގައޮތަސް ފުލުހުންނައިގޭ

    46
    6
  33. ރުގީ

    ޑިޑިންގެޓް މަޗް ހާރމް.. ލުކްސް ލައިކް މަޗް ނީޑެޑް ޕީއާރް / ސިމްޕަތީ ސްޓެންޓް.. 🤷🏻‍♀️

    42
    9
  34. ނަޝީދު ދަ ޑްރާމާ ކިންގް

    ނަޝީދު އަށް މިއޮތްފަދަ ރަމަޟާން މަހު ތިޔަށްވުރެ ހެޔޮ ޢަމަލެއް ކުރަން ނޭންގުނީތޯ.

    47
    11
  35. އިސްތިއުފާ

    ތިމާވެށި މިނިސްޓަރު ޝައުނާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    29
    3
  36. މަކަރު ވެރި ރޭވުމެއްބާ

    އިންޑިޔާގެ ޖާސޫސުންގެ މަކަރު ވެރި ރޭވުމެއްބާ ރާއްޖޭގަ އިންޑިޔާގެ ސިފައިން ބައިތައްބަން ޙުތްޖަތެއް ހޯދަން

    60
    10
    • ޢަހޮމަދު

      ޗައިނާ ވަގުންގެ ކަމެއްބާ؟

  37. ޅަބޭ

    ތިޔައް ކިޔާނީ ބަރުލަމާނީ ފަޓާސްފުޅު. ނުހެއްލޭނަން ސާއްލާ!

    59
    12
  38. ދޮނާ

    ހާދަ އަވަހަށް ވަގުތުން ބަޔަކަށް ޓެގް ކޮއްލީއޭތި. ޢެއްވެސް ހެއްކެއް ނެތި ހަމަ ވަގުތުން ބަޔަކާގުޅުވާލީމަ ސުވާލު އުފެދޭ އެބަ. ބަޔަކުގެ އަބުރުކަތިލާ ބަޔަކަށް ނުހައްގުން އަނިޔާ އެއް ދޭން ތައްޔާރު ކުރަނީ ތޯ؟

    24
    5
  39. ޕްރޮޑިއުސަރ

    ހަމަލާދީފައި ވަނީ ކެނެރީގެ މަގާއި މަޖީދީ މަގާވީ ކޮޅުގައި، ގޮވި އެތި ގޮއްވާލާފައި ވަނީ އެމިޓީ ފިހާރަ ކައިރީގައި **** ކީއްވެތަ ގެކޮޅާ އެހާ ދުރުން އެގޮވަންޖެހުނީ. ކޮބައިތަ ކާރު. ކޮންތާކަށްތަ ވަޑައިގަންނަވަން އުޅުއްވީ. ކޮމެންޓްތަކުން އެ އިޝާޜާތް ކުރާކަހަލަ ސްޓަންޓަކަށްވެދާނެތަ.

    31
    3
  40. ފާތުން

    ހަމަ ފޭކު ޖައްސާ ޑްރާމާ. އަމިއްލަޔަ ރާވައިގެން ކުޅޭކުޅިވަރު. ރައިތުން ހައްދަން

    40
    8
  41. ޅިޔަނު

    ކޮންމެ ބަޔަކު ކުރި ނަމަވެސް ތީ ވަރަށް ދަށު ދަރަޖައިގެ ފިނޑި ޢަމަލެއް

    17
    11
  42. ބަލާތި

    އަލަށް އާދަޔާއި ޚިލާފު ކުރިއެރުމެއް އެވެސް މިނިސްޓަރު ކަން ދިނުން ފަދަ ކަންކަން ހިނގީ އިއްޔެ މިހާދިސާ ހިނގީ މިއަދު މީ ޗެެއިން އޮފް އިވެންޓްސް ތައް ނޫންތޭ ރައީސް ނަޝީދާއި ގުޅޭ ހުރިހާ މައުލޫމާތެއް ދަންނަ މީހަކު ލީކް ކޮށްފައިވާ މައުލޫމާތު ތަކަށް ބިނާ ކޮށޭ މިފަދަ އަމަލު ތައް ހިންގޭނީ.

    13
  43. ަިަައިބޫ

    ފިނިފެންމާ ޕާރޓު 2
    މީ
    ސުޓީލިންގު ޕެރެޑައިސް 2 އައްފަހު.

    19
    5
  44. މަރީ

    މިވާނީ ނަޝީދު ކޮށްލި ކަމަކަށް. އެހެންވެ 9 ގެ ފަހުން މީހުން ނުކުން މަނާކުރީ. ކޮރްޕްޝަންއާއި ފަސާދައިގެ ވާހަކައަށް ދުއްވާލި ދެބޯގެރިއެއް ކަމަށް ލަފާކުރެވެނީ. އޭނާ ކޮށްފަ ނުކުރާނެ ކަމެއް ނޭޏގޭނެޔޭ ބުންޏެއްނު

    38
    7
  45. ރެފްރީ

    ތަން ކޮޅެއްސިޔާސަވީމަ ..
    ބެލެވެނީ ކާރުގެބެޓެރިގޮވީ ކަމަށް ؟
    ގޭމަ ކަށްވުމުގެފުރުސަތުބޮޑު.. ސަބަބަ ކީ ފުލުހުން އެބަންދިޔަ ބޮޑުވަޒީރު ކަލޭގެ އަތުގަހިފިހިނދު ބިންމައްޗަށްވެއްޓިގަތީ އަމިއްފުޅަށްނޫންތޯ ؟؟

    35
    6
  46. ހަމަހިނިއަންނަނީ

    ޖެކީ ޗަން އަށް ވުރެ ވަކި ގޯހެއް ނޫން އެކްޓިންގް!

    31
    5
  47. މަސީހު

    އެއްވެސް މީހެއްގެ ފުރާނަޔައްގެއްލުންވާފަދަކަމެއް ކޮއްގެންނުވާނު

    17
    4
  48. ކިޔުންތެރިއެއް

    ތިކަމާހެދި ފަހުދިހާގަ ނަޝީދައް އަޅުކަމުގައިވެސް ނޫޅެވޭނު. ސޯ ސޭޑް. ގެޓް ވެލް ސޫން. ބުރޯ.

    11
    3
  49. ތުއިދެއްކޭ ނަސީދު

    ހަމަ ސީދާ ޔަހޫދީ ހިޔަޅެއްތީ. ނުހެއްލޭނަން އިން ޝާ ﷲ. ދެން ކަނޑާލާ ދީނީ "ހަރުކަށި" އޭ ތިކިޔާ ކުދިންގެ ބޮލަށް.

    42
    7
    • އޮސްކާ އެވާޑްސް ފެއިލްސް

      ޑިފެންސް މިނިސްޓަރު އަދި ސީޕީ ވެސް ފެއިލްޑް. ފުރިހަމަ ސެކިއުރިޓީ އެއް ނުދެވުނުކަމުގެ ސަބަބުން އިސްތިއުފާ ދޭންޖެހޭ ކަމުގާ ދެކޭން. ގެއާ ކަރާ އެހާ ކައިރިން އެފަދަ ހަމަލާއެއް ދެވިގެން ނުވާނެ.

  50. ކާފަ

    ޢަލްމަރުހޫމް ޑރ. ޢަފުރާޝީމަށް އިންސާފު ލިބޭނެބާ..

  51. ކޮތަރު

    އޮޓަމެޓި ކުން ބޮޑުވަޒީރު ކަންލިބޭގޮތްތިވީ، އަލިފު ހާ

    17
    5
  52. ކަނީރު

    ވަގުތު ނޫހުން ރައީސްނަޝީދާއި ޚިޔާލު ތަފާތުވިޔަސް މިބާވަތުގެ ޓެރެރިޒަމަށްވާގިދޭ ކަންކަމަށް ސަޕޯރޓްކޮށް ލިޔާކޮމެންޓުތައް ނޫހުގަ ޖެހުމަކީ ޒިންމާދާރު ކުޑަކަމެއްކަމުގައިދެކެން

    2
    2
  53. ބޮމް

    ބައްލަވާ މަނިކުފާނެއް ނޫންތޯ ބުނުއްވީ 24 ހަމައިގަ ހުއްނާކަ ނުޖެހެ އޭ ....ހަމައިގަ ނެތްގަޑީ މަވެސް ގޮވީ ... ވެރިކަމުގެ ދަހިވެތިކަމުގަ.

    20
    3
  54. ޙުސެން

    އެކަކުގެ ގެ ކައިރިވެސް ބޮން ގޮއްވާނެކަމެއް ނެއް 7ފެބރުއަރީ ގެ ފަހުން ތަންތާ ހުޅުޖެހިމައްސަލަ ވެސް މި މައްސަލަ އާ އެކީ ބަލަމާ ހިނގާ

    20
    4
  55. ސައްލި

    އެބުނާ ފޮރެންސިކް ޓީމް ގެންނަން ފުރުސަތު ހޯދީތާ !

    20
    1
  56. ޜާމީ

    މިގައުމަށް ޖެހިފައިވަނީ ވަގުންގެބަލާ. ޥަގުންނަށް ދޭންޖެހޭ އަދަބަކީ އަތް ކެޑުން. މި ކަންތަންފީޒުކުރަންޖެހޭ.

    11
    3
  57. ވިއްޓޭ

    ފިލްމެއް ކުޅެލީި ދޯ. ޢަވަސް ޝިފާ އަ ކަށްއެދެން. ކޮބާ ސީސީޓީވީ ތިތާ ކުރިމަތީ އިންނަ. ގައިމު މިއަދުވެސްބުނި ހުރިހާއެއްޗެއް އޮޕަރޭޓްކ ކުރެޔޭ.ތީހަމަ ޕްލޭންއެއްޗެއް. ބޮޑުވަޒީރު ކަންބޭނުންވެގެން. ދެން ގޭދޮރުމަތީ ފޯރިމަރަން ބައިތިއްބާ. ނުވެގެންއުޅެނީ މިހާރު ދެން ތި ކަން. ވެރިކ ކަމެއް މިއޮތީ ގެނެވިފަ. ބޯ ހަލާ ކު.

    30
    3
  58. ކާރފިއު

    ކާރފިއު ގަޑިޔާ ދިމާކޮއް ބޭރަށް ނިކުތީ ކީކުރަންތަ؟

    32
    3
    • މަޝަކައް ނޭގެ

      މަޝަކައް ނޭގެ

  59. ކާރފިއު

    ކާރފިއު ގަޑީ ބޭރުގަ އުޅުނީ ކީއްކުރަންތަ؟

    36
    3
  60. ނަންރީތި ހުސޭނު

    ރޭވިގެން ކުޅޭ ފިލްމެއް

  61. ކަމަނަ

    ކޮބާ މާރިޔާ!..............

  62. އައްޑޫ މީހާ

    ކޮވިޑް މައުޞޫއު ބަދަލުކޮށްލީ ދެން މުޅިން މީހުން ދައްކާނީ ބޮމެއް ގޮއްވީއޭ

  63. ބޭނުންވަނީ ގައުމު ހިންގާށޯ!

    ގެއްލުނު ސަޕޯޓު އަލުން ހޯދަން ކުޅުއްވި ސިމްޕަތީ ޑްރާމާއެއް.

    2
    1
  64. ާއައަމަޑޭ

    ތި ހަމަލާގައި ގެއްލުންލިބުނު
    ބޭރުމީހާގެ ތަހުގީގެއް ހިންގުުން
    ވަރަށްމުހިންމު

  65. ހެޔޮއެދޭ

    ވަރަށް ފިނޑި ނާތަހުޒީބު އަދި ދަށުދަރަޖައިގެ އަމަލެއް.

  66. 🌏🌏🌏

    ހެޔޮނުވާނެ ނަޝީދު މި ރޯދަމަހު ފަހު ދިހައިގެ އޮނަހިރި ރެއެއްގަ ކަލޭގެ ނަން މީހުންގެ ދުލުން ކިޔާތޯ ބަލަން ތިހެން ހަދަން! ޢެކްޓު ކުރިޔަސް ބޮޑުވަރު

    5
    4
  67. ޑުންގާ

    ކޮމެންޓްތަށް ކިޔާލީމާ ދިވެހިންގެ ފެންވަރު ފެންނާނެ....ދިވެހިން ހަލާކުވެ ނިމިއްޖެ...

    3
    4
  68. ޭރ

    ލޮލް

    1
    1
  69. އިލްޔާސް ވަހީދު

    އިންޑިޔާގެ " ކަރަންޓީން ޕެކޭޖް" ތައް އަދިވެސްނުހުޓޭ މީގެ ސަބަބުން މިފަހަރު ޓުވަރިޒަމް އިނދަޖެހޭނީ އަދިވެސް ނިޒާމީ އިންތިޚާބު ބާއްވަން މަށަށް ފެންނަނީ. ދެން ކޮންމެސް ބުރާންޗެއް ދެއަހަރާބައިގެ އެމްޑީޕީގެ އަދި މަޖިލިސްގެ ރައީސް ގޮއްވާލައިފި ދެންމަސްސަލަ ތަހުގީގުކުރަން އިންދިޔާގެ ސާދުވާން ގުރޫޕް މާލެގެންނާނެ ބަލަންތިބެމާ ކޮވިޑްގެ އަޑުކަޑުވާލުން ހެންހީވަނީމީ ނޫނީ އިންޑިޔާގެ ޖާސޫސުންގެ މަކަރު ވެރި ރޭވުމެއްބާ ރާއްޖޭގަ އިންޑިޔާގެ ސިފައިން ބައިތައްބަން ނުނީ ތިވަނީ އަމިއްލަޔަ ރާވައިގެން ކުރިކަމަކައް. މިހާރު އެނަގެ ވަހަކަނުދައކާތި. ތީ ނޫހައްއަރަންވެގެން ކުރިކަމެއް އަދި ގެއްލުމެއް ނުވާނަމަ ކީއް ކުރަން ހޮސްޕިޓަލް އަށް ދިޔައީ . ސިމްޕަތީ ގޭމްއަ ކާ ވައްތަރީ މިދުވަސް ކޮޅު ވަރަށް ގިނަ ބަޔަ ކު އުޅެނީ ބޮޑު ވަޒީރާ ނުރުހިގެން

    4
    1
  70. އައްޑޫ ޝަކުވާ ބޯޓު

    "ޢޭނާ އެބަ ހަނާއަޅާތަ؟"

  71. ކާފަ

    އެމެރިކާ ވަގުން ސައުދީގަ ތިބެންވެގެން ޖައްސާކަހލަ ގޭމު

  72. ޢަލީ

    ކކކައުންސިލް އިންތިޚާބާ ދިމާ ކޮށް ސިމްޕަތީ ވޯޓް ހޯދަން ސްޓަންޓެއް ހަދާލީ

  73. ލަދުވެތި

    މިތާ ހުރި ކޮމެންޓްތައް ކިޔާލުމުން ގަންނަންވީ ލަދު ކަމެއް ވާންވީ ދެރަކަމެއް ނޭގިފަ މިއިނީ. ސިޔާސީ ވާދަވެރިކަމުގައި ހަސަދަޔާއި ފިތުނައިގައި ޖެހި އަހަރެމެންގެ އެއްބައިވަންތަކަމާއި އިންސާނިއްޔަތުކަން އޮޔާއި ވަޔަށް ގޮސް ނިމިއްޖެކަން ޔަގީން. އެއީ ޑްރާމާއެއް ނަމަ އަމިއްލަޔަށް އަމިއްލަ މީހާ މަރުވާ ހިސާބަށް ދާނެތަ؟ މިކަމާ އުފާ ކުރާއިރު އަނިޔާވީ ރައީސް ނަޝީދަށް އެކަނިތަ؟ ދިވެހި ސިފައިން ނުހިމެނޭތަ؟ ބޮޓަމް ލައިންއަކީ ދިވެހި ފަސްގަނޑުގައި ޓެރަރިސްޓް ހަމަލާއެއް ދީފަ އޮތްކަން. މިކަމުގެ ސަބަބުން ރާއްޖޭގެ ސެކިއުރިޓީއާއި މެދު ސުވާލު އުފައްދައި ފަތުރުވެރިކަމަށް އަސަރު ނުކުރާނެތަ؟ މިއީ އަމާން ތަނެއްކަމަށް ދުނިޔޭގެ ކުރިމަތީގައި އޮތް އިމޭޖް ހަޑި ނުވާނެތަ؟ ޔަގީން މާދަމާވެސް ބޭރުން ބަޔަކު އަރައި މިތަނަށް ހަމަލާ ދިނަސް މިބައިގަނޑު އެމީހުންނަށްވެސް ވާގިވެރިވާނެ އޭ އެމްޑީޕީ މީހުން މަރާލަ ދޭށޭ ކިޔާފަ.. ލަދުން ބޯ ހަލާކު. މިފަދަ ވިސްނުން ގެންގުޅޭ ބަޔަކު މިފަދަ ހަމަލާއެއް ރާވައި މިކަން ކޮށްވެސް ފާނެ.. ކޮންމެހެން ޑްރާމާއޭ ކިޔާނެ ކަމެއް ނެތް.

    2
    1
  74. ބަގުޑިގު

    މީ ޑްރާމާއެއް ކަމަށް ވެއްޖިއްޔާ މިޑްރާމާ ކުޅުނީ ޕީޕީއެމްއިން.. އެގިއްޖޭ..

    1
    1
  75. ދިވެހި ރައްޔިތެއް

    އެއްވެސް އިންސާނަކު އަނެކާއަށް ގެއްލުމެއް ދިނުމެއް ނުވޭ. ކޮމެންޓްތައް ކިޔާލީމަ ހިތަށް އެބަ އަ ރާ މީހަމަ އެއްކަލަ އެއްބާއިވަންތަ ދިވެހިންބާއޭ! ތިމާގެ ގާތްތިމާގެ މީހަކަށް ނުވަތަ ރައްޓެއްސަކަށް މިފަދަ ހާދިސާއެއް ދިމާވާ ދުވަހަކުން ވިސްނޭނެ. ރާއްޖޭގެ ރައީސްކަން ކު ރައްވާ ބޭފުޅުންނަށް ޓާގެޓުކޮށް މިހިންގާ ނި ރުބުވެ ރި އަމަލުތައް ވަ ރަށް ހަ ރުކަށި އިބާ ރާތުން ކުއްވެ ރި ކު ރަން