ނ. އަތޮޅު ވެލިދޫން 16 ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެރަށު ސިއްހީ މަރުކަޒުން ބުނީ، އެރަށުގައި ތިބި ފަތުރުވެރިންގެ ތެރެއިން 16 ފަތުރުވެރިއަކު ކޮވިޑަށް ފައްސިވެގައިވާ ކަމަށެވެ.

ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެ މަރުކަޒުން ބުނެފައި ވެއެވެ.

ވެލިދޫން ކޮވިޑަށް ފައްސިވި ނަމަވެސް އަދިވެސް އެރަށް މޮނިޓަރިންގެ ހާލަތައް ގެނެފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. ރަށް މޮނިޓަރިންގެ ހާލަތައް ނުގެންދާތީ ބައެއް އާއްމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވެލިދޫން ކޮވިޑަށް ފައްސިވެފައި ވަނީ ކޮން ގައުމެއްގެ ފަތުރުވެރިންތަކެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޠޔޔ

    ބިރުވެރި ކަމެއްގަ މިތިބީ.މުޅި ރަށުގަ އުޅުނު ބައެއްތީ.އެވެސް ގިނަ ފަހަރު މާސްކުނާޅާ.ކޮބައިބާ ކަމާބެހޭ ފަރާތްތައް.ރަށު ކައުންސިލް. އެ ގައުމު ބަޔަކު ދެ މިސްކިތެއްގަ ފާއިތުވި ދެރޭ ތަރާވީސް ނަމާދުވެސް ކުރި.

  2. ޠތޔ