ކ. މާފުށިން އިތުރު 20 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެެއެވެ.

އޭޕްރީލް މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިހާތަނަށް މާފުށިން ވަނީ 408 މީހުން ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެތެރެއިން 63 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު ކޮވިޑް ޖެހިފައި ތިބީ 345 މީހުންނަށެވެ. މާފުށިން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން ހަމީހަކަށް އަންނަނީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ.

ފަތުރުވެރިންގެ މެދުގައި މަގުބޫލު، ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ މާފުށިން ކޮވިޑް ފެނުމާއި ގުޅިގެން އެރަށަށް އަރައި ފޭބުން މަނާކޮށް ރަށް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

މިހާރު ރާއްޖޭގައި 7607 ކޮވިޑް ބަލި މީހުން އެބަތިއްބެވެ. އޭގެތެރެއިން 203 މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.