ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އިތުރު އަންހެނަކު ނިޔާވެއްޖެއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ އުމުރުން 75 އަހަރުގެ އަންހެނެކެވެ.
މިއަދު ކޮވިޑް ޖެހިގެން ނިޔާވި މީހާ އާއިއެކު ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 85 އަށް އަރާފައެވެ.
އެޗްޕީއޭ އިން ވެސް ވަނީ ކޮވިޑް ޖެހިގެން މީހަކު ނިޔާވެފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. އެޗްޕީއޭ އިން ވިދާޅުވީ ކޮވިޑް ޖެހިގެން ނިޔާވީ އައިޖީއެމްއެޗް އީއާރްގައި ފަރުވާ ދެމުން ގެންދިޔަ މީހެއް ކަމަށެވެ. އޭނާ ނިޔާވީ ރޭ ފަތިހު 04:00 ގައި ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.
ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވާ މީހުންގެ އަދަދު މިމަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިމަހު މިހާތަނަށް ކޮވިޑް ޖެހިގެން ދިހަ މީހުން ވަނީ ނިޔާވެފައެވެ.
މިހާރު ރާއްޖޭގައި ކޮވިޑް ޖެހިގެން ހާލު ބޮޑުވާ މީހުންގެ އަދަދު އިތުރުވެ، އެމީހުންގެ ފަރާތުން އަދި އިތުރު ކަންކަން ފާހަގަ ކުރެވެމުންދާ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. މިހާރު ބައެއް މީހުންގެ ފުއްޕާމޭ ކޮވިޑް ޖެހުމުން މާބޮޑަށް ހަލާކު ވެގެންދާކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.
މި ވަރުވާއިރުވެސް އިންޱިއާ މީހުންގަނޱު މި ގައުމަށް އެތެރެ ކުރުން ހުއްޓަންނުވޭތަ؟ އެހެން ގައުމުބތަކުގެ ވެރިން ރައްޔަތުންނާމެދު ވިސް ނާ . މި ގައުމުގަ ބޮޱުންގެ ޖީބަށް ބަރުކޮށްރައްޔަތުން ހަނާ ކުރެވޭތޯ މި ބަލަނީ. ކޮބާތަ ރައްޔަތުންދެކެ ލޯބިން ހަނދުވަރު ކުރަފި ތަކެއްހެން އުޅޭ ސިޔާސީ މަރުމޯލުންތައް؟