ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ހާއްސަ ފިޔަވަޅުތަކުގެ ދަށުން މި މަހުގެ 22 ވަނަ ދުވަހާއި ހަމައަށް ސަރުކާރު އޮފީސްތައް ބަންދުވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ވިދާޅުވީ، މި ހިނގާ މޭ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު، މޭ މަހުގެ 22 ގެ ނިޔަލަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުކުރައްވާފައިވާ ކަމަށެވެ.
މި މުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިއްބަވައިގެން ކުރެއްވެން ހުރި މަސައްކަތްތައް ގޭގައި ތިއްބަވައިގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށް ރައީސް ވަނީ ދަންނަވާފައެވެ.
އަދި ސަރުކާރުގެ އިދާރާތަކުން ދެއްވާ އަސާސީ ޚިދުމަތްތައް ދެއްވުމަށާއި، އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން، އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމުގައި ވެސް ރައީސް ވަނީ ދަންނަވާފައެވެ.
ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި އެޗްޕީއޭއިން އަންގައި އެންގުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންވުމަށާއި އެ އެޖެންސީންދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ރައީސް އިބްރާހިމް ސޯލިހު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ސަރުކާރު އޮފީސްތަކޭ ނުލިޔެބަލަ. އަަހަރުން ނިކުންނަން ޖެހެޔޭ . މުޅި ރާއްޖެއަށް މީގެ ބިރު އޮތް އިރު އެރަށަކުން ފެނުނީމަ ދެން މި ތެޅިގަންނަނީ. އެޔަށްވުރެ ދުރާލާ ރައްާކާތެރިވުން މުހިންމު
ކިހާ ދެރަކަމެއް. އެބަ ނިކުންނަން ޖެހޭ! ކޯޓުތަކުންވެސް ސްޓެލްކޯއިންވެސް ބައެއް އޮފީސްތަކުންވެސް އަންނަން އަންގާފަ އޮންނަނީ. މަޖުބޫރު ދާން. ނޫނީ ކަނޑާލާނެ. މިކަހަލަ ކަންތަކާހެދި ފިޔަވަޅުތަކުންވެސް ނަންބަރު ދަށް ނުވަނީ. ލޮކްޑައުނަށް ދާންޖެހެނީ މި މުޖުތަމައުގައި ތިބި މިކަހަލަ ޒިންމާދާރުކަން ކުޑަ ދެއުޅި އެއްނުވާ މީހުންގެ ސަބަބުން.