އައްޑޫ ސިޓީން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އައްޑޫ އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ، އެ ސިޓީން މިއަދު އިތުރު ހަތް މީހަކު ފައްސިވެފައިވާ ކަމަށާއި، އޭގެ ތެރެއިން ތިން މީހަކީ ފައްސިވި މީހުންނާއި ގާތުން އެއްތާވި ތިން މީހެއް ކަމަށެވެ. އަދި އެ ސިޓީގައި ބަލި ފެތުރިފައިވާތޯ ބެލުމަށް ނެގި ސުންކުތަކުގެ ތެރެއިން ތިން މީހަކުވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. މި ހަ މީހުން ފައްސިވެފައި ވަނީ ހިތަދޫންނެވެ.

މީގެ އިތުރުން، މަރަދޫންވެސް ވަނީ ފައްސިވި މީހަކާއި ގާތުން އެއްތާވި މީހަކު ކޮވިޑަށް ފައްސިވެފައެވެ.

މިއާއެކު އެ ސިޓީން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 339 އަށް އަރާފައެވެ.

އައްޑޫން ކޮވިޑަށް ފައްސިވި މީހުންގެ ތެރެެއިން މިހާރު ފަރުވާދެމުން ދަނީ 89 މީހަކަށެވެ. އޭގެ ތެރެެއިން ތިން މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ،

އައްޑޫން ފައްސިވި މީހުންގެ ތެރެއިން ދެ މީހަކު ވަނީ ނިޔާވެފައެވެ.