ގދ. ތިނަދޫން ކޮވިޑް-19 އަށް ފައްސިވި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެނގިފައިވާގޮތުން، އެ މީހާ ކޮވިޑަށް ފައްސިކަން އެނގުނީ ވަގުތެއްގައެވެ. އޭނާ ފިލާފައި ވަނީ ކޮވިޑަށް ފައްސިކަން އެނގުމުންކަން އަދި ކަަށަވަރެއް ނޫނެވެ.

އެނގިފައިވާގޮތުގައި، އެ މީހާ ހޯދުމުގެ މަސައްކަތް އެރަށުގައި ކޮވިޑަށް ފައްސިވާ މީހުންނާއި ގާތުން އެއްތާވި މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާ ޓީމާއި، ފުލުހުންނާއި އަދި ރަށު ކައުންސިލް ގުޅިގެން ދަނީ ކުރަމުންނެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ކައުންސިލްގެ ފަރާތުން ލިބިފައެއް ނުވެއެވެ.

އެރަށުން މިހާތަނަށް 292 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން މިހާރުވެސް 100 އަށްވުރެ ގިނަ މީހުންނަކީ ބަލި ޖެހިގެން ފަރުވާހޯދަމުންދާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙާސިމް

    މާލޭން ވެސް ގެއްލުނު މީހުން މިޙާރު ރެސްޓޯރެންޓް ވޭޓަރުކުރާތަން ފެނޭ. ޢެޅުނު ފިޔަވަޅެއް ނެތް