މާލެ އިން އުތުރުގެ ރަށެއްގައި ދިވެހި އަންހެން ޓީޗަރަކު ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އިތުބާރުހުރި މަގާމެއްގައި ހުރެ 16 އަހަރުގެ ފިރިހެން ކުއްޖަކަށް 25 އަހަރުގެ އަންހެނަކު ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލައިގައި އިތުރު ކުދިންތަކެއް ވެސް ތުހުމަތު ކުރެވޭ މީހާގެ ސަބަބުން ޖިންސީ ހާނިކައަށް ހުށަހެޅިފައިވާ ކަމަށް ބެލެވޭ ކަމުގައި ފުލުހުން ވިދާޅުވިއެވެ.

"ވަގުތު" އަށް އެރަށުން މައުލޫމާތު ދިން މީހަކު ބުނީ މައްސަލަ ފެންމަތިވީ އަންހެން ދަރިވަރުންތަކެއް ފިރިހެން ދަރިވަރެއްގެ ފޯނު ބެލިއިރު އެފޯނުގައި ޓީޗަރު އެދަރިވަރަށް ފޮނުވާފައި ހުރި ފޮޓޯތަކެއް ހުރުމުންނެވެ.

މިހާތަނަށް ލިބިފައި ހުރި މައުލޫމާތައް ބަލާއިރު ތިން ފިރިހެން ދަރިވަރަކަށް އަންހެން ޓީޗަރުގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާކަމަށް އެރަށުން މައުލޫމާތު ދިން މީހާ ބުންޏެވެ. އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނީ ގްރޭޑް ދިހައެއްގެ ދަރިވަރުންތަކަކަށް ކަމަށް ވެއެވެ.

މިކަން ކުރި ޓީޗަރަކީ އެރަށުގެ މީހަކާއި އިނދެގެން އުޅޭ އެހެން ރަށެއްގެ މީހެކެވެ.

މިމައްސަލަ ފެންމަތިވުމުން ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ޓީމެއް ވަނީ އެރަށަށް ގޮސް ތަހްގީގު ފަށާފައެވެ. އަންހެން ޓީޗަރު ގޮވައިގެން މިރޭ ފުލުހުންނާއި ޖެންޑާގެ ޓީމް އެރަށުން ފުރާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ނަމަވެސް ފުލުހުން ވިދާޅުވީ މިމައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

މިމައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް ޖެންޑާ މިނިސްޓްރީގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޟަމީރު

    އަސްލުވެސް ޙަޤީޤަތުގައި ފިރިހެނުންނަށްވުރެ ގިނައިން އަންހެނުން ކުޑަކުދިންނަށް ޖިންސީގޯނާކުރަނީ މިއީ ސަމާސާ ވާހަކައެއްނޫން އަޅުގަނޑު ހުވާކޮށްފައިބުނާ ތެދެއްމިއީ

  2. ރަބަރޭ

    ތިގަ އޮންނާނެ ދެފަރާތުގެ ބައިވެރިވުން 16 އަހަރުގަ ކުޑަ ކުއްޖަކަށް ނުވާނެ

  3. ރެ އް ކ

    ގޮއްޔެ ގެ ފޮޓޯ އެއްނެތް ތަ؟

  4. ޢަހު

    ހާދަހާ ހަޑިކަމެކޭ ދޯ

  5. ޣފފދ

    އަންހެންކުދިންތައއް އެކަން ބަސްޓއްކޮށްލީ ދޯ. ސްކޫލް ދައުރުގަ ތި އުމުރުގެ ފިރިހެންކުދިން އަންހެން ޓީޗަރުންނާއި ވަރަށް ގާތްކޮށް އުޅޭނެ...

  6. ޙ

    ކޮންރަށެއްބާ....

  7. ސީމާ

    ޢަވަހަށް އެޓީޗަރަށް މުސާރަ ބޮޑުކުރޭ

  8. ކޮތަރު

    ފިރިހެނުންނާ އަރާ ހަމަކުރަނީ. މައްސަލައެއް ނެތެއްނު.

  9. ޚަދީޖާ

    އެއީ އެހެން ރަށެއްގެ މީހެއް ކަމަށްވާތީ އެމީހާގެ ބޮލުގައި ކަމެއް އަޅުވާފައި އެރަށުން ބޭރުކުރަން އެރަށުގެ ބަޔަކު ރާވައިގެން ދައްކާ ވާހަކައަކާ ވައްތަރީ.