ކޮވިޑް-19 ޖެހިގެން އިތުރު އަންހެނަކު ނިޔާވެއްޖެއެވެ.
ކޮވިޑް ޖެހިގެން މިއަދު ނިޔާވެފައި ވަނީ އުމުރުން 60 އަހަރުގެ އަންހެނެކެވެ.
ކޮވިޑް ޖެހިގެން މިއަދު ނިޔާވީ ރައީސް އޮފީހުގެ މިނިސްޓަރ އަހްމަދު ސަމީރުގެ ދައްތަ ކަމަށް އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.
ސަމީރު ވިދާޅުވީ އޭނާގެ ދައްތަ ނިޔާވީ ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ 21 ދުވަސް ފަހުން ކަމަށެވެ.
އެޗްޕީއޭ އިން ދެންމެ ވިދާޅުވީ މިއަދު ނިޔާވި 60 އަހަރުގެ މީހާއަށް ފަރުވާ ދެމުން ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލްގައި ކަމަށެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 07:05 ގައެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 192 އަށް އަރާފައެވެ.
މަރްހޫމާއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ