ކޮވިޑް-19 ޖެހިގެން 27 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ ދިވެހި ފިރިހެނެކެވެ. އޭނާއަށް ފަރުވާ ދެމުން ގޮސްފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައެވެ.

އެ މީހާ ނިޔާވެފައި ވަނީ މިއަދު އިރުއޮއްސި 6:00 ގައެވެ.

މިއާއެކު ރައްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 198 އަށް އަރާފައެވެ.

މިއީ ރާއްޖެއިން ކޮވިޑްގައި ނިޔާވި ދެވަނައަށް އެންމެ ޒުވާން މީހާއެވެ. މީގެ ދެ ދުވަސް ކުރިން ކޮވިޑްގައި 25 އަހަރުގެ ދިވެހި އަންހެނަކު ވަނީ ނިޔާވެފައެވެ. އަދި މީގެ ކުރިން ކޮވިޑްގައި 28 އަހަރުގެ އަންހެނަކު ވަނީ ނިޔާވެފައެވެ. އަދި ރާއްޖެއިން ކޮވިޑްގައި 10 އަހަރުގެ ކުއްޖަކުވެސް ވަނީ ނިޔާވެފައެވެ.

މިއީ ރައްޖެއިން ކޮވިޑްގައި ނިޔާވި އެންމެ ޒުވާން ފިރިހެން މީހާ އެވެ.

މިއީ މިއަދު ރާއްޖެއިން ކޮވިޑްގައި ފުރަތަަމަ މީހާއެވެ. މިއަދު ކުރިން ނިޔާވި 55 އަހަރުގެ މީހާއަކީ ކޮވިޑްގެ މަރެއް ނޫންކަމަށް ފަހުން ވަނީ ކަނޑައަޅާފައެވެ.

ރާއްޖެއިން މިހާތަނަށް 198 މީހަކު ކޯވިޑް ޖެހިގެން ނިޔާވެފައިވާއިރު މީގެތެރޭގައި ހިމެނެނީ 182 ދިވެހިންނާއި 17 ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ސަރުކާރު މަސްވަރާ ކުރަނީ ލޫއީދޭން ، އިނގޭ ލޫއީ ދޭއިރައް އަތައްކަން ފަޅައިގެން ދަނީ. އެހެން އިބާރާތަކުން ބުނިނަމަ ކުޑަ ގިޅިޔައް ކަންނޭގެ ދާންޖެހޭނީ.

    8
    2
  2. ބެއްޔާ

    200 ހަމަވީމާ ސަރުކާރަށް ސެޓްފުކޭޓް ދޭން ފެނޭ