ގދ. ތިނަދޫން ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެރަށުން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ 26 މީހެކެވެ.

މިއީ އެއް ދުވަހެއްގެ ތެރޭގައި އެރަށުން މިހާ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ފުރަތަމަ ފަހަރެވެ.

އިތުރު 26 މީހުންނާއެކު މިހާރު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 344 އަށް އަރާފައެވެ. އޭގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބީ 144 މީހެކެވެ. މި މީހުންގެ ތެރެއިން ހަތް މީހަކަށް ފެސިލިޓީގައި ދަނީ ފަރުވާދެމުންނެވެ.

އެރަށުން ކޮވިޑް ޖެހުނު މީހަކު އެ ބަލީގައި ވަނީ ނިޔާވެފައެވެ.

އެރަށުން ކޮވިޑް ފެނިގެން ރަށް ބަންދު ކުރީ އޭޕްރިލް 24 ވަނަ ދުވަހެވެ. އޭގެ ފަހުން އެރަށުން ގިނަބަޔަކު ދަނީ ކޮވިޑަށް ފައްސިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒުލްފާ

    ތިނަދުގަ ކޮވިޑް ކޮންޓުރޯލް ނުކުރެވޭނެ.ވިޔަފާރި ވެރިންގެ ނުފޫޒުން ފުލް ލޮކްޑައުންއަކަށް ނުގޮސް ހިފަހައްޓަނީ.އާންމު ހާލަތެކޭ އެއްގޮތަށް ރަށުތެރޭގައި ހޭލަމޭލާ އުޅޭ.ހޮޓާ ރެސްޓައުރެންޓް ނަމެއްގަ ބަންދުވެފަ.ޚިދުމަތްދޭ.ކައުންސިލްގެ ރައީސްހުރީ ވިޔަފާރި ވެރިންނަށް ވިކިފަ.އަނެއްކާ ކައުންސިލް ރައީސަކީ ފުޅާދާއިރާއެއްގައި އެކި އެކި ވިޔަފާރި ކުރާމީހެއް.އެހެންވީމަ އޭނަވެސް ބޭނުމެއްނުވާނެތާ...އަނެއްކާ މޮޅުކަމަކީ ސާމްޕަލް ނަގާފަ މީހުންއުޅެނީ އުޅޭނެ ގޮތަކަށް.ގޭގަ މަޑަކުން ނުތިބޭ..ދެދުވަސް ތިންދުވަސް ފަހުން ނަތީޖާ ލިބެނީ.އެއިރު ވާނެ އެއްޗެއް އޮންނަނީ ވެފަ.