ވަކިން ނަމާދު ކުުރުމަށް މާލެ ސަރަހައްދުގެ މިސްކިތްތައް ހުޅުވާލަން ނިންމައިފިއެވެ.

މިސްކިތަށް އެކަނި ގޮސް ނަމާދު ކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވަނީ ކޮވިޑް-19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުއިތަކާއި އެކީގައެވެ.

ރައީސް އޮފީހުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ހުރިހާ މިސްކިތެއްގައި އެކަނި ގޮސް ނަމާދު ކުރެެވޭނެ ކަމަށާއި އެެހެންނަމަވެސް އަދިި ޖަމާއަތުގައި ނަމާދު ނުކުރެވޭނެ ކަމަށެވެ.

އެގޮތަށް މިސްކިތްތައް ހުޅުވާލި ނަމަވެސް، އެގޮތަށް އަމަލު ކުރާނީ ކަމާއި ބެހޭ އިދާރާތްތަކުގެ މީހުން މިސްކިތްތައް ބަލައި އިންސްޕެކްޓް ކުރުމަށް ފަހު ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ދިން ލުއުތަކުގެ ތެރޭގައި ކާފިއު ވަގުތު ހަވީރު 4:00 އިން ފަތިހު 4:00 އަށް ބަދަލުވާނެ ކަމަށާއި މާލެ ސަރަހައްދުގައި އެކަނި ކުރާ ކަސްރަތު ކުރުމަށް ފަތިހު 4:00 އިން ހެނދުނު 8:00 އަށް ޕާމިޓާއި ނުލާ ބޭރަށް ދެވޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަދު

    މިސްކިތް ހުޅުވިއަސް ދާނީ ކިހިނެތްތޯ!!. އެންމެން ގެބަންދުގައި. ކޮންމެ ގެއަކުން އެކަކަށް 4 ގަޑިއަރަށް ފާސް. ދެން މިސްކިތައް ދާނެގޮތެއް ވިދާޅުވެ ދެއްވަބައްލަވަ.

    3
    1