އައްޑޫ ސިޓީ ހިތަދޫން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު ހަވީރު 18:00 އާއި ހަމައަށް އެސިޓީގެ ހިތަދޫން ފައްސިވެފައިވާ ހަތް މީހުންނަކީ ތެރޭގައި ހިމެނެނީ ދެ ބިދޭސީންނާއި ފަސް ދިވެހިންނެވެ.

މިއާއި އެކީ އައްޑޫން މި ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 396 އަށް އަރާފައެވެ. މީގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 92 މީހުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އައްޑޫން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 302 މީހަކުން ބަލިން ރަނގަޅުވެފައިވާއިރު، މި ބަލީގައި ހަލު ދެރަވި އެކަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި ބަލީގައި އައްޑޫން ދެ މީހަކު ވަނީ ނިޔާވެފައެވެ.

އައްޑޫގައި ކޮވިޑް-19ގެ ވޭދަނަތައް ގިނަ ވުމާއި ގުޅިގެން މިއަދުން ފެށިގެން އެ ސިޓީގެ ހިތަދޫ ވަނީ ފުރަބަންދު ކުރަން ނިންމާފައެވެ. އެގޮތުން ކާފިއު ވަގުތު އިތުރުކޮށް، ކާފިއު ނޫން ވަގުތުގައި ބޭރުގައި އުޅުމަށް ހާއްސަ ހުއްދައެއް ބޭނުންވާނެ ކަމަށް އެސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކޮންމެ ގެއަކަށް ބޭރުގައި އުޅުމަށް ދެވޭނީ ދެ ހުއްދަ ކަމަށް ވެސް ކައުންސިލް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު