ރާއްޖޭގެ އުތުރުގެ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓެއްގައިވާ ގޮތުން އަނިޔާ ކޮށްފައިވަނީ އަޑު އިވުމާއި ވާހަކަ ދެއްކުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށެވެ.

އެހެން ނަމަވެސް އެ އަނިޔާ ކުއްޖާ އަށް ދީފައިވަނީ ކޮންބައެއް ކަމެއް އަދި ސާފު ވެފައެއް ނުވެއެވެ.

އެވާހަކަތައް ހިއްސާ ކުރުމުން އެއްވެސް މީހަކު އެކަން ގަބޫލު ނުކުރާ ކަމަށާއި އެއަނިޔާ އެކުއްޖާ އަށް ލިބެމުން އަންނަތާ 2 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، އެކަމުގެ މައުލޫމާތު އެރަށުގެ ކައުންސިލަށް ވެސް އަދި އެނގިފައި ނުވާ ކަމަށާއި އެހެން ކަމުން ފުލުހުން އެކަން ބަލަމުން އަންނަ ކަމަށެވެ.

"ނުކުޅެދުންތެރިަކން ހުންނަ ކުޑަ ކުއްޖަކަށް އަނިޔާ ކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓެއް ފުލުހުންގެ ސަމާލު ކަމަށް ވަނީ އައިސްފައި. އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިގެންދަނީ ބަލަމުން" ފުލުހުން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތި މައްސަލައިގައި ހުރިހާ ކަ މެއް ނި މޭނީ އަނިޔާ ލިބުނު ކުއްޖާއާއި އާއިލާގެ ކުށޭ ކިޔާފަ.ދުވަހަކުވެސް އަނިޔާދިން މީހުން ކުއްވެރިނުވާނެ އަބަދުވެސް ކުއްވެރިވާނީ އަނިޔާ ލިބުނު ފަރާތް😡😡

    6
    2