ދެ ދުވަސް ފަހުން ރާއްޖެއިން ކޮވިޑް-19 ބަލީގައި މީހަކު ނިޔާވެއްޖެއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މިރޭ 12:00 ގެ ކުރިން ނިޔާވެފައި ވަނީ 79 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 207 އަށް އަރާފައެވެ.

މިރޭ ރާއްޖެއިން ކޮވިޑްގައި ނިޔާވެފައިވާއިރު، މީގެ ކުރިން އެންމެ ފަހުން އެ ބަލީގައި މީހަކު ނިޔާވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އެރޭ އެ ބަލީގައި ނިޔާވީ 75 އަހަރުގެ ފިރިހެނެކެވެ.

ރާއްޖޭގައި ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދުތައް އިތުރުވެފައިވާއިރު، މިފަަހަކަށް އައިސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެ ބަލީގައި މީހުން ދަނީ ނިޔާވަމުންނެވެ.

ރާއްޖެއިން ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދުތައް އިތުރުވަމުން އައި ނަމަވެސް، އެ ބައްޔަށް ފައްސިވާ އަދަދުތައް މިހާރު ވަނީ ދަށްވާން ފަށާފައެވެ،

ކިޔުންތެރިންގެ ހިޔާލު