ކޮވިޑް-19 ޖެހޭ ކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެއް ރާއްޖެއިން ފެންނަން ފަށައިފިއެވެ.
ރާއްޖޭން ކޮވިޑް ޖެހޭ ކުދިންނަށް ޖެހެން ފަށާފައިވާ ބައްޔެއްގެ ގޮތުގައި ފާހަގަވެފައވަނީ މަލްޓިސިސްޓަމް އިންފްލްމޭޓަރީ ސިންޑްރޯމް އިން ޗިލްޑްރަން (މިސް-ސީ)އެވެ.
މި ބަލި ރާއްޖެއިން ފެނިފައިވަނީ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ.
ޑރ. ފައިސަލް ވިދާޅުވީ، މި ބައްޔަކީ އެއީ ބައްޔަކަށް ފަހު ޖެހޭ ބައްޔެއް ކަމަށާއި އާއްމުކޮށް ޖެހެނީ އުމުރުން 10 އަހަރުން ދަށުގެ ކުދިންނަށް ކަމަށާއި އެކުދިން ކޮވިޑަށް ފައްސިއިރު އާއި ބަލިން ރަނގަޅުވެ ދެ ހަފްތާ ފަހުން ވެސް ބަލި ޖެހިފައި އެބަ ހުރި ކަމަށެވެ.
މި ބަލި ޖެހެނީ ކޮވިޑް ޖެހޭ ކުދިންނަށްކަން ފައިސަލް ވަނީ ފާހަގަ ކޮށްފައެވެ.
ފައިސަލް ވިދާޅުވީ، މި ބައްޔަކީ ޖެހިއްޖެނަމަ، ނުރައްކާ ވެދާނެ ބައްޔެއް ކަމަށާއި މިހާތަނަށް ބެލި ބެލުމުން ރާއްޖެއިން މި ބަލި ޖެހިފައި ތިބި 7 ވަރަކަށް ކުދިން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ކުޑަކުއްޖެއް ވެއްޖެއްޔާ ބަލި ޖެހޭނެ. ފާހަގަ ކުރެވޭ 6 ނޫނީ 7 ވަރަކަށް ކުދިން އެބަތިބި. މި ބައްޔަކީ ނުރައްކާވެދާނެ ބައްޔެއް" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް އިތުރަށް ވިދާޅުވީ މިސް-އީ ޖެހެނީ މަދުވެގެން ދެ ސިސްޓަމަކަށް ކަމަށާއި ބަލީގެ އަލާމާތްތަކުގެ ތެރޭގައި މަދުވެގެން 3 ދުވަހު ގަދަޔަށް ހުން އައުން، ހިތުގެ ވިންދާ ލޭގެ ޕްރެޝަރު ދަށްވުން، ކަނދުރާގައި ރިއްސުން، އުކުޅުވަޅުގައި ރިއްސުން، ލޭ މަނާވުމުގެ ބައި ދަށްވުން އަދި ހޮޑުލުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން އަތާއިފައި އަދި ހަށިގަނޑު ރަތްވުން، އަތާއިފައި ދުޅަވުން، އަތާއިފައިން ހަންފޮޅުން، އެކިވައްތަރުގެ ބިހިތައް ނެގުން، ލޮލުގަ މަޑުނުލާ ލޯ ރަތްވުން، ކަރުގައި ގޮށްލުން އަދި ދުލާއި ތުންފަތާއި ކަރު ވަރަށް ރަތްވުން ފަދަ އަލާމާތްތައް ހިމެނޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ކޯފާތައް ގިނަވަނީ
ވިސްނާ ވިސްނާ
ޜައްޔިތުން ބިރުގައްނުވާލައިގެން ގޭގަ ބައިތިއްބާ އިންޑިއާ ސަރުކާރާ އެކީ ޑީލް ތައް ހަދާ ތަންފީޒު ކުރަނީ...