ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އަނެއްކާވެސް އިތުރު މީހަކު ނިޔާވެއްޖެއެވެ.

މިއަދު ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ މީހެކެވެ. އޭނާ އާއި ގުޅޭ މައުލޫމާތު އަދި އެޗްޕީއޭ އިން ހާމަނުކުރާތީ އޭނާގެ އުމުރެއް އަދި ސާފެއް ނުވެއެވެ.

ކޮވިޑް ޖެހިގެން މިއަދު މީހަކު ނިޔާވުމުން ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 218 އަށް އަރާފައެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވީ 201 ދިވެހިންނާއި 17 ބިދޭސީންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހިގެން މިއަދު އިތުރު މީހަކު ނިޔާވި ނަމަވެސް ފާއިތުވި ދެމަސް ދުވަހާއި އަޅައި ބަލާއިރު ރާއްޖެ އިން ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދު މިމަހު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވެސް މިހާރު މަދެވެ. އިއްޔެ އިރުއޮއްސުމާއި ހަމައަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ އެންމެ އަށް މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު