މާލޭގައި ބިދޭސީންތަކެއް މާރާމާރީއެއް ހިންގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގާފައިވަނީ ފައިސާގެ މައްސަލައަކާއި ގުޅިގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، މާލޭ ލޮނުޒިޔާރަތް ކޮޅުގައި މާރާމާރީއެއް ހިނގާ ކަމުގެ މައުލޫމާތު މިރޭ 20:15 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ މައުލޫމާތާއި ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު، މާރާމާރީ ހިންގި މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، ބިދޭސީންތަކެއް މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ވަނީ އާއްމުވެފައެވެ.
މ ފަރީދީ މިސްކިތް ކައިރީ ބިދޭސީން ތަކެއް މާރާމާރީ ހިންގި މިއަދު 5 އެހާކަންހާއިރު ، ފުލުހުންނަކަށް އެއްކަމެއްވެސް ނުވާނެ ބޭކާރު މުޢައްސަސާއެއް
ބިދޭސީން މިގައުމުގަ ވަރަށްގިނަ ކަންކަން ކުރިޔަށްއޮތްތަނުގައި ކުރާނެކަމަށްފެނޭ