ކ. އަތޮޅު ކާށިދޫން އިތުރު 18 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކޮވިޑް ވޭދަނަތައް ފެންނަމުންދާ އެރަށުން ނަގަމުންދާ ސުންކުތަކުގެ ތެރެއިން ގިނަ ސުންކުތައް ފައްސިވަމުންދާއިރު، އެރަށުގެ ބަލީގެ ހާލަތު ގޯސްވާކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.

އެގޮތުން އެރަށުުން ވަކި ތަރުތީބެއް ނެތި ނަގާ ގިނަ ސުންކުތަައް ދަނީ ފައްސިވަމުންނެވެ.

ކާށިދޫ ސިއްހީ މަރުކަޒުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިހާރު އެރަށުން ޖުމްލަ 72 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އަދި އެރަށުގައި ކޮވިޑް ފެތުރިފައިވާ މިންވަރު ބެލުމަށް އިތުރު ސުންކުތަކެއް މިއަދު ހަވީރު ނެގުމަށްވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަހީ

    ކާށިދޫ ހާލަތު ގޯސްވާއިރުވެސް މި ދާއިރާގެ ރައީސް ޖާބިރު ބަލާ ނުލައޭ ރަށުގެ ހާލަތު
    އޭނަ އެ ހާދަ އެދުންބޮޑު މީހެކޭ

    • ކާށިދޫ މީހާ

      ޖާބިރުއާ އަހަރެމެން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތަކީ ޤާނޫނު ހަދާ މަޖިލީހުގައި ކާށިދޫ ދާއިރާ ތަމްސީލު ކުރުމެވެ. އޭނަ އެއުޅެނީ އެކަންވެސް ނުވެގެންނެވެ. ދެން އަދި އެހެން ކަމެއް ކުރެވޭނެބާއެވެ،

  2. ރަށު މީހާ

    މިރަށް ނެތް ސަލާމަތް ވާކައްދެން
    މިއަދު 2 އަހަރު ގެ ކުއްޖަކައްވެސް ޖެހިއްޖެ ކޮވިޑް