ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން، ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެެވެ.

މި މެސެޖް ނަޝީދު ފޮނުއްވީ މަޖިލީސް މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕަކަށެވެ.

މަޖިލީހުގެ ތިން މެންބަރަކު ވަނީ އެފަދަ ހުށަހެޅުމެއް ރައީސް ނަޝީދު ހުށަހެޅުއްވިކަން "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ނަޝީދު ހުށަހަޅުއްވީ އެމަނިކުފާނަށް ބޮމުގެ ހަމަލާއެއް ދޭން ރޭވި ގޮތުގެ މައުލޫމާތު ފުލުހުން ހާމަކޮށްފައިވަނިކޮށެވެ.

އަދި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ޖެހޭ ކަމަށް އެމްޑީޕީ ގައުމީ މަޖިލީސް ގްރޫޕަށް ފޮނުވި ޓެސްޓެއްގައި ނަޝީދު ގޮވާލާފައިވަނިކޮށެވެ.

ހަރުކަށި ފިކުރުގެ މީހުން "ގަނޑުކޮށް"ހައްޔަރު ކުރަން ގާނޫނީ ހުރަސްތަކެއް ހުރި ކަމަށްވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް ނުވަތަ ޖަލްސާތައް ބޭއްވޭނޭގޮތް ހަމަޖައްސައި އެ ޖަލްސާއެއް ނުވަތަ އެ ޖަލްސާތައް މަޖިލީހުގެ ރައީސް ބާއްވަންވާނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައި ވެއެވެ. 14 ދުވަސް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

މިހާރު މަޖިލީހުގެ ތިންބައިކުޅަ ދެބަައި މެންބަރުންނަކީ 29 މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޫޓުވާ

    ކޮންމެވެސް ކަންތައްގަނޑެއް ހިންގަން މިއުޅެނީ. މީނާގެ ބޭނުންތައް ފުއްދަން ދައުލަތުން ޚަރަދުކުރާކަށް ނުޖެހޭނެ. އެއީ މުޅި ރައްޔިތުންގެ ފައިސާ. މިގައުމު ލާދީނީ ނުވެގެން މީނާއުޅޭގޮތެއް

    7
    1
  2. ކޮތަރު

    ކެނެރީގޭ ތުއްތު މަނިއްޕުޅުގެ ހާސަރުތައް ނޫހުގައި ޖެހުން ހުއްޓާލަބަލަ. މީނާގެ ނޮހޮރުއްޕާނާ ހުރެ މިހާރު ދިވެހި ރައްތިތުންނަށް ދިރިއުޅެން އުނދަގޫވެއްޖެ. މިކަލޭގެ އަކީ މިޤައުމު ހަލާކު ކުރަން މިޤައުމަށް ފާވެފައި ހުރި ކަތުރުފަންޏެއް.