މިއަދު ރާއްޖެ އިން އިތުރު 123 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 29 މީހުންނެވެ. އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 45 މީހުން މިއަދު ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 16 މީހުން، ސަފާރީތަކުން ހަތަރު މީހުން، ހަދަމުންދާ ރިސޯޓްތަކުން ދެމީހުން، އިންޑަސްޓްރިއަލް ރަށްތަކުން 27 މީހުން ފައްސިވިއެވެ.

މިއަދު 6733 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %1.83 މީހުންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވީ 78 މީހުންނެވެ. މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 2646 އަށް އަރައެވެ. އޭގެ ތެރެއިން 13 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އިއްޔެ 18 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔައެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު އިތުރުވި ނަމަވެސް މާލެ އިން ފައްސިވި މީހުންނާއި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވި މީހުންގެ އަދަދަށް މާބޮޑު ބަދަލެއް ނާދެއެވެ.

ކިޔުންތެރިންގެ ހިޔާލު