ކ. އަތޮޅު ކާށިދޫން އިތުރު ގިނަބަޔަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 90 އަށްވުރެ މައްޗަށް އަރައިފިއެވެ.

އެރަށުން މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 95 އަށް އަރާފައެވެ.

ޖުލައި 13 ވަނަ ދުވަހުން ފެށިގެން ކޮވިޑް ފެންނަމުންދާ އެރަށުގައި ބަލީގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ.

އެރަށު ސިއްހީ މަރުކަޒުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު އެކަނިވެސް 16 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އެރަށުން މިފަހަކުން ފެންނަމުންދާ ވޭދަނަތަކާއި ގުޅިގެން ގިނަ އަދަދެއްގެ ސުންކުތަކެއް ނަގަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ފުރަތަމަ ފެނުނު ދެ ވޭދަނައާއެކު ފަހުން ފައްސިވަމުންދާ މީހުންގެ ތެރޭގައި، ވަކި ތަރުތީބެއް ނެތި ނަތާ ސުންކުތައްވެސް ހިމެނެއެވެ.

އެރަށަކީ މިހާރު ރާއްޖޭގައި އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވަމުންދާ ރަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަތްގަލަން

    ށ. އަތޮޅު ފޯކައިދޫގަ މިވަގުތު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ 130 އަށްވުރެ ގިނަ މީހުން އެބަތިބި. މިވާހަކަ އެއްވެސް ނޫހަކަށް ހަމަ ނޭނގެނީބާ.