މިއަދު ރާއްޖެ އިން އިތުރު 107 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 30 މީހުން ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 56 މީހުން މިއަދު ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 14 މީހުންނާއި، ރިސޯޓް ހަދަމުންދާ ރަށްތަކުން ހަމީހުން އަދި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށަކުން އެކަކު ފައްސިވިއެވެ.

މިއަދަކީ ޖުލައި މަހުގެ 21 ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ. ނަމަވެސް އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފާއިތުވި ހަތަރު ދުވަސް ތެރޭގައި އެންމެ މަދުން މީހުން ފައްސިވީ މިއަދު އެވެ.

މިއަދު 5156 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. އޭގެތެރެއިން %2.08 މީހުން ކޮވިޑަށް ފައްސިވިއެވެ. ފާއިތުވި ތިން ދުވަހު ވެސް ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވި މީހުންގެ ނިސްބަތް ހުރީ %2 އަށްވުރެ މަތީގައެވެ.

ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު މިއަދު ވަނީ 2595 އަށް އިތުރުވެފައެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވީ 52 މީހުންނެވެ. މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނީ 13 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޯރާގޯރީ

    ދެންއަރާނީ މައްޗަށް! ތިޔަކަމުގަ ކިޔާނެ އެއްޗެއްނެތް މިފަހަރު އަރާނީ ދުވާލާކު 3500 އިން މައްޗަށްކަމަށް ބެލެވެނީ. އޭރުންތާ 5 ޑޮލަރަށް ލިބޭކިޓް 150 ޑޮލަރަށް ވިއްކޭނީ. ރާއްޖޭގެ ޓޫރިޒަމްގެ އެއްމެ މުހިންމު ސީޒަންފެށޭއިރު ވިސްނުމެއްނެތި ދުވާލުގެ ޢަދަދުތަށް މައްޗަށް ޖެއްސީމަ ދައުލަތަށް ލިބޭނެ އާމްދަނީއެއްނެތް. މިހުރީ ވިސްނާ ފިކުރުކުރަންހުރި ކަންކަން.