މިއަދު ރާއްޖެ އިން އިތުރު 123 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 23 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 82 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 20 މީހުން މިއަދު ފައްސިވިއެވެ.

މިއަދަކީ ޖުލައި 20 ވަނަ ދުވަހަށް ފަހު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ ޖުމްލަ އަދަދު 100 އިން މަތީގައި ހުންނަތާ މިއަދު މިއީ ފަސްވަނަ ދުވަހެވެ.

މިއަދު 5024 މީހަކު ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވީ %2.45 މީހުންނެވެ.

ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވީ 117 މީހުންނެވެ. މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 2601 އަށް އަރައެވެ. އޭގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 16 މީހުންނަށެވެ.

ކޮވިޑް-19 އަށް މާލެ އަށް ފައްސިވާ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައި ހުންނަތާ މިހާރު ދުވަސްތަކެއް ވެފައި ވީނަމަވެސް ބައެއް ރަށްތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އަދިވެސް އިތުރުވަމުންނެވެ. މިހާރު ހާލަތު އެންމެ ގޯސް ރަށްތަކުގެ ތެރޭގައި މާލެ އަތޮޅު ކާށިދުއާއި ހދ.ކުޅުދުއްފުށި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު