ފުޓްސަލް ތަރި އިބްރާހީމް މުބީން އަހުމަދު ރަޝީދު (މުއްކި) ހައްޔަރު ކޮށްފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރު ކޮށްފައިވަނީ ކ. އަތޮޅު މާފުށިންނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އޭނާ ހައްޔަރު ކޮށްފައިވަނީ މާރާމާރީއެއްގެ މައްސަލައަކާއި ގުޅިގެންނެވެ. އެ މައްސަލާއި ގުޅިގެން އޭނާގެ ބަންދަށް ދިހަ ދުވަސް ވަނީ ޖަހާފައެވެ.

އެ މަންޒަރު ފެނުނު މީހަކު "ވަގުތު" އަށް ބުނީ މާފުށީގައި މާރާމާރީ ހިނގާފައި ވަނީ މީގެ ތިން ދުވަސް ކުރިން ކަމަށެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، މިދިޔަ މަހުގެ 31 ވަނަ ދުވަހު މާފުށީގައި މާރާމާރީއެއް ހިނގާފައިވާ މައްސަލައެއް އެދުވަހު ދަންވަރު 1:10 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެމައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝޭމް

    ފުޓްސަލް ތަރިންނޭ ކިޔައިގެން މަޝްހޫރު ކުރާމީހުންގެ ފެންވަރު. ވަގުތު ނޫހުންވެސް ވާނެ ތަނަކުން ލޯނެތްކާޓެއް ފެނުނަސް މާމޮޅުއެއްޗަކަށް ހަދައިގެން މަޝްހޫރުކުރަން..

    8
    2
  2. އަލީ

    ކޮން މުއްކެއް؟؟؟

    4
    3
  3. މުފީދު

    މިވެސް ދެން ހަބަރެއްތަ؟

    5
    2
  4. ބޮނދު

    މުއްކި މި ކޮންވަތަރު ފުއްކި ހުނަންނީ؟؟

    4
    1