ކޮވިޑް-19 ވެކްސިން ފުރިހަމަ ނުކުރާ މީހުން ރަށްރަށަށް ދަތުރުކުރުމަށްފަހު ކަރަންޓީނު މުއްދަތު ހަމަވުމަށްފަހު ނަގާ ސުންކުތަކަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ހަދައިފިއެވެ.

މިގޮތަށް ހަދާފައިވާކަން އިއުލާނުކޮށްފައި ވަނީ، ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި، އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަގީފު ވިދާޅުވީ، ވެކްސިން ޖެހޭ އުމުރުފުރައިގެ މީހުންގެ ތެރެއިން ވެކްސިން ނުޖަހާ ފަރާތްތައް ރަށްރަށަށް ގޮސް ކަރަންޓީންވުމަށްފަހު، ނުކުތުމަށް ނަގާ ސުންކު ނެގުމަށް ފައިސާ ދައްކަން ޖެހޭ ގޮތަށް އަމަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތަށް އަމަލު ކުރަން ފަށާނީ ސެޕްޓެމްބަރު 1 ވަނަ ދުވަހުން ފެށިގެންނެވެ.

"އެގޮތުން ވެކްސިން ނުޖަހާ ބަލި އުޅޭ ރަށަކުން ދަތުރު ކުރާ ފަރާތްތައް އެބަ ޖެހޭ ކަރަންޓީންވާން، މިހާރު މި އޮތް އުސޫލުން، ކުރިއަށް އޮތްތަނުގައިވެސް ކަރަންޓީންވާން ޖެހޭނެ، އެހެން ނަމަވެސް ކަރަންޓީންވެފައި މި ނަގާ ރިލީސް ސުންކު އެކެއް ސެޕްޓެމްބަރުން ފެށިގެން މި ވެކްސިން ނުޖަހާ ފަރާތްތަކުން ދަތުރުކޮށްފައި، މި ނަގާ ސުންކުތަކަށް އަމިއްލަ ހަރަދުގައި ނަގަން ޖެހޭ ގޮތަށް މި ވަނީ ހަމަޖެހިފައި". ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެޗްއީއޯސީން މިފަދަ ނިންމުމެއް ނިންމާފައި ވަނީ، ވެކްސިން ފުރިހަމަ ކުރުމަށް ބާރު އެޅުމުގެ ގޮތުންނެވެ. މިހާރުވެސް ރާއްޖޭގައި ވެކްސިން ޖެހޭ އުމުރުފުރައިގެ 21% މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖޭގައި މިހާރު ދެމުންގެންދަނީ އޮކްސްފޯޑްގެ އެސްޓްރާޒެނަކާ ވެކްސިން އާއި ޗައިނާގެ ސިނޮފާމް ވެކްސިނެވެ. އަދި މަސް ތެރޭގައި ރާއްޖެއަށް ފައިޒާ ވެކްސިން ލިބޭނެ ކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިބްރާހިމް އަލީ

    ހާދަ ގިނަ މީހުންގެ ބަދު ދުއާ މި އެޗްޕީއޭ މީހުންނަށް ލިބޭނޭ..
    މި އެކްސްޕެރިމެންޓަލް ވެކްސިން ޖަހަން މަޖުބޫރު ކުރުވުމަކީ ދީނީ ގޮތުން ވެސް ހާދަ ބޮޑު ފާފައެކޭ..

    14
    5
  2. އަހުމަދު

    ކޮންމެ ބަޔަކަށްވެސް ރައްޔިތުމީހާ ފެންނަނީ ލާރި ގޯންޏެއްގެ ސިފައަށް. އެބަޔަކު ޖެހުނު ދިމާލަކުން ފޭރެނީ.

    13
    2
  3. ބުއްޅަބެ

    ބަލަ ވެ ކްސިން އޭ ކިޔާއިރު ދހިވެހިން ޖަހަން ބޭނުންވާ ވެ ކްސިން ގެނެއްސަ ތި އަނގަ ތަޅާބަލަ.

    10
    2
  4. އައްދޮ

    އަތްނުލާ އައްދޮކިޔަނީ! މަޖުބޫރެއްނޫން އެކަމް އެކަންނުކޮށްފިއްޔާ އަދަބުލިބޭ!

    15
    2
  5. Anonymous

    އަދި ތިޔަހެދިގޮތުން އަމުދުން ވެކުސިން ނުޖަހާނަން.

    15
    4
  6. މަދޫ

    އޯކޭ ފައިޒާ ވެކްސިން ޖާހާފާނަން😑

  7. ލޮލް

    ވެކްސިން ނުޖަހަންވެގެން ނޫނޭ ކަލޭމެންނަށް އެ ފޯރުކޮށް ނުދެވިގެން އުޅޭތީ މައްސަލައަކީ.އައްޑޫ އެކުއެޓޯރިއަލް ވެއިޓްލިސްޓްގަ ތިން މަސްދުވަސް. އަދިވެސް ނުގުޅާ! އަދިވެސް ރައްޔިތުމީހާ އަށް ބިރުދައްކަން ނޫޅެބަލަ.