ރިޔާސީ ގަނޑުވަރު މުލީއާގެ ކައިރީގައި މިރޭ މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ.

މި މާރާމާރީ ހިންގާފައި ވަނީ މިރޭ 19:59 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މާރާމާރީގައި އަނިޔާވެފައި ވަނީ ފިރިހެނަކަށް ކަމަށާއި، އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށެވެ.

މި މަރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ، މި މާރާމާރީއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ރިޔާސީގަނޑުވަރު ކައިރީ މާރާމާރީއެއް ހިންގުމުން ރިޔާސީގަނޑުވަރުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސިފައިން ވެސް އެސަރަހައްދުގައި ހަރަކާތްތެރިވިއެވެ.

މާލޭގައި މާރާމާރީއެެއް ހިންގާފައިވާއިރު، އައްޑޫ ސިޓީގައި މިއަދު ދެ މާރާމާރީއެެއް ވަނީ ހިންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލީ

    މިއައްވުރެ ވަކި ކުއްވެރިންނައް އަމާން ތަނެއް އޮއްނާނެހެނެއް ހިއެއްނުވޭ މި ދުނިޔޭގަ!!! މީހަކު ފެޅިޔަސް މެރިޔަސް ލޫޓުވާލިޔަސް ކުރާނީ ހާމަޔައް އާމުންނައްށާ ސީސީ ޓީވީ ކެމެރާ ތަކައް ފެންނަގޮތައް. އެކަމަކު އެކަމެއް ކުރިތަން ފެނުނު ލޮލެއް އެރި ކެމެރާއެއް ހައްދަވާފަވެސް ނުހުންނާނެ ބޭނުން ހާލަތެއްގަ ނޫނިއްޔާ.

    24
  2. ޖ

    ޜާއްޖޭގެހާލަތު އެއްދުވަހުން އަނެއްދުވަހައް ގޯސްމިވަނީ ސަރުކާރުން ކީއްތަ މިކުރަނީ.

    25
  3. ރަން ރީނދޫ

    ތި ވާނީ ކުރީ ސަރުކާރުގެ ކަމަކަށް

    18
    3
  4. ިބޯކިބާ

    ގޭކުރިމަތީ މިވަރުކަމެއް ހިނގިއިރު އެގޭމީހުން ނިކުމެ އެކަން ހުއްޓުވަންޖެހޭނެ އަސްލުގަ.

    13
  5. ޅަބޭ

    މިނިސްޓަރު ނަސީމު ކުރީދުވަހު އެބުނީ ކޮންމެސް މެތެކޭ ކިޔާ ޑުރަގެއް މިހާރު ރާއްޖޭން ހިލޭލިބެޔޯ. ދެން ޒުވާނުންތަކާ ގަންޖާބޯ އިބިލީހުންތައް މުޅި ރައް ރޮލާކަނީ. ޕޮލިހުން ވާނުވާގަ.

    12
  6. މިގައުމުގެ ނިކަމެތި ދަރިއެއް

    ގަ އުމު އޮޔާ ދަނީ.. ދީނީ ދެބަސްވުންތަ އް އިންތިހާ އަށް.. މާރާމާރީ ވެސް ހިންގާ ލާނީ އެންމެ ބޮޑު ފަށުން ދޫ އްވާލަނީ..، މަސްތުވާތަކެތި އިންތިހާ.، ކޮރަޕްޝަނާ ފަސާދަ ހަ އްދު ފާހަނަ އަޅާފަ އި، ރާ އްޖެ ދުނިޔޭގެ އެންމެ ކޮރަޕްޓް ގަ އުމު ތަކުގެ ލިސްޓުގަ އި.. ބިރުވެރި މަންޒަރު.. މިތަނުގަ މުސްތަގުބަލެ އް ނެތް.. ރަ އްކާތެރި ގަ އުމަކަށް ހިޖުރަ ކުރަންވީ.. ކިރިޔާވެސް އެއ އްޗެ އް ލިބެންޏާމުން ނަ އްޓާލަންވީ..