ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި ހިނގަމުންދާ ކަންތައްތަކާއި ގުޅިގެންނާއި ގައުމުގައި ހުރި މައްސަލަތަކާއި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ކޮށްފައިވާ ހުކުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މިރޭ މުޒާހަރާ ފެށުމާއިއެކު ސްޕެޝަޕް އޮޕަރޭޝަންސް (އެސްއޯ) ފުލުހުން ރަޔަޓް ގިއަރުގައި ޝީލްޑް ހިފައިގެން ނިކުމެ ނޫސްވެރިންނަށް ހުރަސް އަޅައިފިއެވެ.
މުޒާހަރާ ފެށުމާއިއެކު އެސްއޯ ފުލުހުން ވަނީ ފުލުހުންގެ ހާއްސަ ފާސް ނެތް ނޫސްވެރިންނަށް ނޫނީ މުޒާހަރާ ކަވަރު ނުކުރެވޭނެކަން އަންގާފައެވެ. އަދި ނޫސްވެރިން ތިބެން ޖެހޭ ސަރަހައްދެއް ކަނޑައަޅާ މުޒާހަރާގެ ބައިވެރިންނާއި ފުލުހުން ކުރިމަތިލާ ސަރަހައްދު ނުފެންނަ ހިސާބަށް ނޫސްވެރިން ފަހަތައް ޖެއްސިއެވެ.
ފުލުހުން އަމަލުކުރި ގޮތުން ނޫސްވެރިންނަށް މުޒާހަރާ ކުރަން ގިނަ ހުރަސްތަކެއް ކުރިމަތިވިއެވެ. ހާއްސަކޮށް ފުލުހުން ބާރުގެ ބޭނުން ކުރި މަންޒަރު ފޮޓޯ ނަގައި ވީޑިއޯ ކުރަން ނޫސްވެރިންނަށް ވަރަށް ބޮޑަށް ދަތިވިއެވެ.
މުޒާހަރާ ރޫޅާލަން ބާރުގެ ބޭނުން ކުރުމުން ޕީޕީއެމް އޮފީސް ކައިރިން ބައެއް މީހުންނަށް އަނިޔާވިއެވެ. ޕީޕީއެމް އިން ބުނާ ގޮތުގައި ވަރަށް ގާތުން ޕެޕާ ސްޕްރޭ ޖެހުމުންނާއި އާދަޔާއި ހިލާފަށް ބޮޑަށް ބާރުގެ ބޭނުން ކުރުމުން އަނިޔާވި މީހުންގެ ތެރެއިން ދެއަންހެނަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން މަޖީދީމަގާއި ޗާންދަނީމަގާއި ގުޅޭ ހަތަރު އަނގޮޅީގައި އިށީންނުމުން އެސަރަހައްދުން މުޒާހަރާގެ ބައިވެރިން ދުރައް ޖެއްސުމުގެ ކުރިން ވެސް އެސަރަހައްދުގައި ތިބި ނޫސްވެރިންނާއި ދެކޮޅަށް ބާރުގެ ބޭނުން ކޮށްފައެވެ. އެސަރަހައްދުން ގިނަ ނޫސްވެރިންތަކެއްގެ ގަޔަށް ފުލުހުން ޕެޕަ ސްޕްރޭ ޖެހިއެވެ. އެސަރަހައްދުގައި ފުލުހުން ބާރުގެ ބޭނުން ކުރުމުން ޗެނަލް-13ގެ ނޫސްވެރިޔާ މުހައްމަދު ސަމާހް އާއި ކެމެރާމަން މުހައްމަދު ޝަހީމަށް އަނިޔާވެގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މިރޭ އަކީ ފުލުހުން ފަހަކަށް އައިސް އެންމެ އަނިޔާވެރިކޮށް މުޒާހަރާ ރޫޅާލި ރޭ ކަމަށް މުޒާހަރާ ކަވަރު ކުރަން މަސައްކަތް ކުރި ނޫސްވެރިން ބުނެއެވެ.
ތީބޮޑުވަރު … ކުޑަކުދިކޮޅެއްވެޟް ކޮންޓުރޯލުނުވެ.. ޢިޟްތިއުފާ….
ދުލާއި ޤަލަމުގެ މިނިވަންކަން ތިހިރީ ހިތަކަށްދެވިފަ!
އެއީ ސޯލިބެއަށް އޮޅިގެން ބުނެވުނު އެއްޗެއް!
ގޯ ބްލޫސް ގޯ!
ރައިސްނަސީދުގެވެރިކަމުގަ)އިދިކޮޅުފަރާތަކުއްކުރިމުޒާހަރާރޫޅާލައްފޮނުވިއެސްއޯފުމުހުއްމާރިޔާމެއްބުނިގޮތައްމުޒާހަރާރޫޅާނުލީމާ.މާރިޔާ.،ރައިސްނަސީދުއާފޯނުއްގުޅުއްވާފަ).މާރިޔާބުނީ)އެސްއޯފުލުހުއް).އަޅުގަންޑެއްބުނިގޮތަކައްއަމަޅެއްނުކުރިއޭ.ދެއްއުގަންޑުމެއްކިހކނެއްތޯހައްދަވައްވި.ޖަވާބުގާރައިސްނަސީދުބުނުއްވީ.އަޅުގަޑައްފެއްނަނީ!ވަރުގަދަބަޔަކުހޯދާގެއް)ފުލުހުއްގާގާތަޅާތިރިކޮއްލާށޭ).އެހެޢްވީމައަޅުގަންޑުމެއްވެސްފުލުހުއްނާކުރިމަތިލާންވީތޯއޭ