ލ.ފޮނަދޫ މުޖުތަމައު ތެރެއިން އަނެއްކާވެސް ކޮވިޑް-19 ފެނިއްޖެެއެވެ.

ފޮނަދޫ ސިއްހީ މަރުކަޒުން ބުނީ، އެރަށުން ފެނުނު އެ ވޭދަނައަކީ އިއްޔެ ބަލީގެ އަލާމާތްތައް ފެނިގެން ނެގި ސުންކެއް ކަމަށެވެ.

މިހާރު އެ ވޭދަނަ ފެނުނު ގެ އާއި އިތުރު ގެއެއް ވަނީ ބަންދުކޮށްފައެވެ.

ފޮނަދޫން ކޮވިޑް ވޭދަނައެއް ފެނިފައި މި ވަނީ އެރަށުން ކޮވިޑް ފެނިގެން މޮނީޓަރިންގ އުވާލި މަހަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

އެންމެ ފަހުން އެރަށް މޮނީޓަރިންގ ހާލަތަށް ގެނެސްފައި ވަނީ އޮގަސްޓް ތިން ވަނަ ދުވަހު ބަލީގެ އަލާމާތްތައް ފެނިގެން ނެގި ސުންކެއް ފައްސިވުމުންނެވެ.

ކޮވިޑާއި ގުޅިގެން މިހާރު ރާއްޖޭގައި ބަންދުކޮށްފައި އޮތީ 11 ރަށެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު