މިއަދު ރާއްޖެ އިން އިތުރު 77 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 25 މީހުން ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 37 މީހުން ފައްސިވިއެވެ. ރިސޯޓްތަކުން ނުވަ މީހުން އަދި ސަފާރީއަކުން އިތުރު ހަމީހުން މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 3210 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %2.40 މީހުން ކޮވިޑަށް ފައްސިވިއެވެ. މިއަދަކީ ފާއިތުވި ނުވަ ދުވަސްތެރޭގައި އެންމެ މަދުބަޔަކު ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.

މިހާރު ކޮވިޑް ޖެހިފައި 1287 މީހުން އެބަތިއްބެވެ. މިއަދު ކޮވިޑުން ރަނގަޅުވީ 40 މީހުންނެވެ. ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނީ 12 މީހުންނަށެވެ. މިއަދަކީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކޮވިޑް ބަލި މީހުންގެ އަދަދު ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ވެސް އެންމެ މަދުވި ދުވަހެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު އޮކްޓޯބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 1356 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 86165 އެވެ. އޭގެތެރެއިން 84627 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 238 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު