ގދ. ތިނަދޫ މިއުޒިއަމް ޕާކް ސަރަހައްދުގައި ޕަންޕްތައް ބަހައްޓާފައި ހުރި ވަޅަކަށް (ޕަމްޕް ސްޓޭޝަނަށް) ކުޑަ ކުއްޖަކު ވެއްޓިއްޖެއެވެ.

އާއްމުކޮށް ކުޑަކުދިން ހަވީރު ގޮސް އުޅޭ އެ ޕާކްގައި ހުރި ވަޅަކަށް ވެއްޓުނީ ތިން އަހަރުގެ ކުއްޖެކެވެ.

އެ ކުއްޖާ އެ ވަޅަށް ވެއްޓުނީ ކުޅެން އުޅުމުގެ ތެރޭގައި ކަމަށް ބޮޑަށް ބެލެވޭއިރު، އެ ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނޭނގެެއެވެ.

ތިނަދޫ ކައުންސިލް ނައިބް ރައީސް ނަސްރުﷲ އަލީ ވިދާޅުވީ، އެ ވަަޅަކީ ފެންއަރުވާ ވަޑާމްގެ ޕަމްޕްތައް ބަހައްޓާފައި ހުރި ވަޅު ކަމަށެވެ.

"އަމިއްލަ މަތިގަނޑު ނަގައިގެން އުޅެނިކޮށް ކަމަށް ބެލެެވެނީ ވެއްޓުނީ، ސީދާ ކިހިނެއް ކަމެއް ނޭނގެ އެ ކުއްޖާ އެތަނަށް ވެއްޓުނީ، ކައުންސިލުން ވާނީ އެތަނުގައި މަތިގަނޑެއް އަޅާފައި އެކަމަކު އެ މަތިގަނޑު ހަލާކުވެފައި އިނީ"،

ނަސްރު ވިދާޅުވީ، އެ ކުއްޖާ އެތަނަށް ވެއްޓުނީ ސީދާ ކިހިނެެއްކަން ސާފު ނުވާ ކަމަށެވެ.

އެ ކުއްޖާ އެ ޕާކަށް ގޮސްފައި ވަނީ މައިންބަފައިންނާއި އެކުގައެވެ. އެ ކުއްޖާގެ މައިންބަފައިންނަށްވެސް އެފަދަ ކަމެއް ހިނގިކަން އެނގުނީ އެ ކުއްޖާ ރުއިމުންނެވެ.

އެ ކުއްޖާއަށް އެރަށުގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    ކައުންސިލުން އެޅި މަތިގަނޑު ހަލާކުވެއްޖެނަމަ މަރާމާތުކޮށް ކުޑަކުދިންނަށް ނުނެގޭގޮތް ހަދަން ޖެހޭނީ ރާވެރިބޭ އަމިއްލައަށް.