މިއަދު ރާއްޖެ އިން އިތުރު 79 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ވެސް މާލެ އިން 25 މީހުން ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ފައްސިވީ 52 މީހުންނެވެ. ރިސޯޓްތަކުން މިއަދު ފައްސިވީ ދެމީހުންނެވެ.

މިއަދު 4164 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %1.90 މީހުންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 113 މީހުން މިއަދު ކޮވިޑުން ރަނގަޅުވިއެވެ. މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 1733 މީހުންނަށެވެ. މިއަދަކީ އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހަށް ފަހު ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ މަދުވި ދުވަހެވެ.

ކޮވިޑް ޖެހިގެން މިއަދު ރާއްޖެ އިން ދެމީހަކު ނިޔާވިއެވެ. ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 250 އަށް އަރައެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖެ އިން މިހާތަނަށް 91543 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެތެރެއިން ކޮވިޑުން ރަނގަޅުވީ 89547 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު