މިއަދު ރާއްޖެ އިން އިތުރު 107 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 24 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 74 މީހުން އަދި ރިސޯޓްތަކުން ނުވަ މީހުން މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 3561 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވެފައި ވަނީ %3 މީހުންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 227 މީހުން މިއަދު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. މިއަދަކީ މިމަހުގެ ހަތްވަނަ ދުވަހަށް ފަހު އެންމެ ގިނަ ބަޔަކު ކޮވިޑުން ރަނގަޅުވި ދުވަހެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 1613 މީހުންނަށެވެ. މިއަދަކީ އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހަށް ފަހު ކޮވިޑް ބަލިމީހުންގެ އަދަދު އެންމެ މަދުވި ދުވަހެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 11 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 91650 އަށް އަރާފައެވެ. އޭގެތެރެއިން 89774 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފައެވެ. ކޮވިޑް ޖެހިގެން ރާއްޖެ އިން މިހާތަނަށް 250 މީހުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު