ރާއްޖޭން އިތުރު 102 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު ފައްސިވެފައިވާ 102 މީހުންގެ ތެރެއިން 25 މީހަކު ފައްސިވެފައިވަނީ މާލޭ ސަރަހައްދުންނެވެ. އަދި 72 މީހަކު އަތޮޅު ތެރޭގެ ރަށްތަކުން ފައްސިވެފައިވާއިރު، ފަސް މީހަކު ފައްސިވެފައިވަނީ ރިސޯޓުތަކުންނެވެ.

އެޗްޕީއޭއިން ބުނީ، ފާއިތުވި 24 ގަޑިއިރު ޖުމްލަ 3،818 މީހެއްގެ ސުންކު ޓެސްޓް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 884 ސުންކަކީ މާލެ ސަރަހައްދުން ނަގާފައިވާ ސުންކު ކަމަށެވެ. މިވަގުތު މާލޭ ސަރަހައްދުގެ ފައްސި ރޭޓު އުޅެނީ 3 އިންސައްތައިގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭން މިހާތަނަށް 92،095 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 90،103 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު 1.726 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 19 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭން ކޮވިޑް ޖެހިގެން މިއަދު ދެ މީހަކު ނިޔާވެ ޖުމްލަ މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 253 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު