ސެނެގަލް އިން ކޮވިޑް-19ގެ އާ ވައްތަރު ފެނިއްޖެއެވެ.

ސެނެގަލްގެ ސަރުކާރުން ބުނެފައިވަނީ އެގައުމުން އޮމިކްރޮކް ވޭރިއެންޓަށް ފައްސިވެފައިވަނީ ދެކުނު އެފްރިކާގެ ގައުމަކުން އެގައުމަށް އައި އުޅުނު 58 އަހަރުގެ މީހަކު ފުރަން ވެގެން ހެދި ޓެސްޓުން ކަމަށެވެ.

އޭނާ ފައްސިވުމާއި ގުޅިގެން މިވަގުތު ހުރީ ކަރަންޓީނުގައި ކަމަށާއި ގާތުން އެއްތާވި މީހުންގެ މައުލޫމާތު ހޯދަމުން އަންނަ ކަމަށެވެ.

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19ގެ އޮމިކްރޮން ވޭރިންޓް ދުނިޔޭގެ ގިނަ ގައުމަކުން ފެނިފައިވާއިރު، މިވަގުތު ގިނަ ގައުމުތަކުން އަންނަނީ ސަލާމަތީ ފިޔަވަޅު އަޅަމުންނެވެ.

އެގޮތުން މިހާތަނަށް 30 އަށްވުރެ ގިނަ ގައުމަކުން ދެކުނު އެފްރިކާގެ ގައުމުތަކުން މީހުން އައުން އެތެރެވުން ވަނީ މަނާ ކޮށްފައެވެ.

އޮމިކްރޮން ވޭރިއެންޓާއި ގުޅިގެން ކަމުގެ މާހިރުން ބުނެފައިވަނީ އެއީ ނުރައްކާތެރި ވޭރިއެންޓެއް ކަމަށެވެ. އެއީ އެ ވޭރިންޓަށް ފައްސިވާ މީހުންގެ ގައިން އެހެން މީހުންގެ ގަޔަށް ބަލި ޖެހޭ މިންވަރު އިތުރުވުމުންނެވެ. އެހެން ނަމަވެސް ބަލި ޖެހޭ މީހުންގެ ހާލަތު ދެރަ ނުވާ ކަމަށާއި ގިނައިން ބަލި ޖެހެނީ ކުޑަކުދިންނަށް ކަމަށް ކަމުގެ މާހިރުން ވަނީ ބުނެފައެވެ.