މިއަދު ވެސް ރާއްޖެ އިން ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިއަދު އިތުރު 1594 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 857 މީހުން ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 438 މީހުން ފައްސިވިއެވެ. ރިސޯޓްތަކުން މިއަދު 118 މީހުން އަދި ސަފާރީއަކުން ދެމީހުން މިއަދު ފައްސިވިއެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައިވަނީ 106،595 މީހުންނެވެ.

މިހާތަނަށް މި ބަލިން ފަސޭހަވެފައިވަނީ ޖުމްލަ 98،238 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 40 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 265 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑް އިސް ކޮމަން ކޯލްޑް

    ތިވެސް މަދޭ!! 2000 އިން މައްޗައް އަރުވާ މިދިޔަ އަހަރުގެ ރެކޯޑް ބިންދާލާ