އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އުފެދުނު އުސް ސުނާމީއެއް އަރައި ސުންނާފަތިވެފައިވާ ޓޮންގާ އަށް ބާރުގަދަ ބިންހެލުމެއް މިއަދު އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް)އިން ބުނީ 6.2 މެގްނެޓިއުޑް ބާރުމިނުގައި މި ބިންހެލުން އައިސްފައި ވަނީ ޓޮންގާގެ ޕަންގާއީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 136.1 މޭލު ދުރަށް ކަމަށެވެ.

ޔޫއެސްޖީއެސްއިން ބުނެފައިވާގޮތުން ބިންހެލުން އައީ 14.5 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމާއި ގުޅިގެން ގެއްލުންތަކެއް ލިބުނުކަން ނުވަތަ ނޫންކަން ސާފެއް ނުވެއެވެ.

އެހެން ނަމަވެސް އެ ގައުމުން މިހާރުވެސް ދަނީ އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާއިންވެސް އަރައިގަތުމަށް މަސައްކަތް ކުރަމުންނެވެ.