ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި މިރޭ އިދިކޮޅު ޕީޕީއެމް އިން މާލޭގައި ކުރިއަށް ގެންދިޔަ ހިނގާލުމަށް ފުލުހުން ހުރަސްއަޅައި، ފުލުހުން ބާރުގެ ބޭނުންކޮށް ހިނގާލުން ރޫޅާލައި ހަތް މީހަކު ހައްޔަރު ކޮށްފިއެވެ.

ޕީޕީއެމްގެ އޮފީސް ކައިރިއަށް މިރޭ ވެސް ޕީޕީއެމްގެ ސަޕޯޓަރުން އެއްވުމަށްފަހު އިންޑިއާ އައުޓް ބެނާތައް ހިފައިގެން ވަނީ މާލޭގެ މަގުތަކުގައި ހިނގަން ފަށާފައެވެ. ޕީޕީއެމްގެ ސަޕޯޓަރުން މަގުތަކުގައި ހިނގަން ފެށުމުން އެސްއޯ ފުލުހުން ވަނީ ހިނގާލުމަށް ހުރަސްއަޅައި ހިނގާލުމުގެ ބައިވެރިންގެ ގަޔަށް ޕެޕަ ސްޕްރޭ ޖަހާފައެވެ.

ޕީޕީއެމުން ބުނީ މިރޭގެ މުޒާހަރާގެ ތެރެއިން ދެ މީހަކަށް އަނިޔާވުމާ ގުޅިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

މިރޭގެ މުޒާހަރާއިން ގިނަ ބަޔަކު ހައްޔަރު ކުރުމާއި ގުޅޭ ގޮތުން އަދި މިހާތަނަށް ފުލުހުން އެއްވެސް އެއްޗެއް ނުބުނެއެވެ.

އޭޕްރީލް 21 ވަނަ ދުވަހު ރައީސް ސޯލިހް ވަނީ ރިޔާސީ ޤަރާރެއް ނެރުއްވައި، އިންޑިއާ އާއި ދެކޮޅަށް އަޑުއުފުލުން މަނާ ކޮށްފައެވެ. ނަމަވެސް ގާނޫނު އަސާސީ ބުނާ ގޮތުން އެއްވެސް އަސާސީ ހައްގެއް ހަނި ކުރެވޭނީ މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ތުއްތޫގެ މާކަނާ

    ؟ ބަރާ ބަރު

    4
    17
  2. އިންތި

    ކީކުރާނީ ގައުމެއްނެތެ ގަެއުމެއްނެތަ އިންޑިޔާ އައްޓަކާ ދިވެހިން ގުރުބާން ކުރަނީ

    26
    3
  3. ހުސެން

    2023 އަށް ނަގްވޯޓުން ދައްކާލާނަން.

    21
    2
  4. ރަދީފް

    މި ފެންނަނީ ސޯލިހުގެ ވެރިކަން ވެއްޓެން އުޅޭ މަންޒަރު.
    އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ބޭނުންވާ ވަރަށް ފުލުހުން ނުލިބުނުން ސިފައިން ނެރެން މިޖެހުނީ!

    27
    5
  5. ޕޮގުބާ

    މިސަރުކާރުން މިއަނިޔާވެރިކަން ނިންމާނީ ކޮންއިރަކުންބާ

    24
    3
  6. ރާއްޖެތެރެ

    އެމްޑީޕީ އަކީ އަޑުއުފުލުމައް ބާރު އެޅި ބައެއް. މިހާރު ހުދުމުހުތާރުކަން ފެންނަން ފަށައިފި. އަނިޔާ ކޮއްގެން އެމްޑީޕީ ޑިގު ވެއްޓޭނީ

    11
    1
  7. ޝޮކްތެރަޕީ

    އެމްޑީޕީ ވެރިކަން ކުރާނެ އެމްމެ ފަހުފަހަރު މީ. އިންޝާﷲ

    12
    2
  8. ފަލަސްތީން

    ރައްޖޭގެ ބަޖެޓުން ވައްކަން ކުރާ ސަރުކާރެއްމީ. އިގިރޭސް ވިލާތުގަ އެމްޑީޕީ މީހުންގެ ގެދޮރު ބައިވަރު.

    11
    1
  9. އައްޑޫ ހިތަދޫ

    ކީކޭ ބުނާނީ މިއޮތީވާ ސަރުކާރެއް. އިންޑިޔާ އައުޓް

    9
    2
  10. ނަނަނަާ

    މަގުމައްޗައް މީހުން އޮޅުވާލާ ނެރެފަ އެކަލޭގެ އިންނާނެ ތާސްކުޅެން.

    1
    2
  11. މާޟީ

    މަގު މައްޗައް ކިނބޫ ތައް ނެރެންވީ އެއިރުން އެންމެން ކާލާނެ