ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެއެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ، މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ނިޔާވެފައި ވަނީ ހުޅުމާލެ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދިޔަ އއ. ހިމަންދޫ ހެޕީ ރެސްޓް އަލީ މުހައްމަދު 58އ. ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ، މުހައްމަދު ނިޔާވީ ޔުނިޓް ތެރޭގައި ހުއްޓާ ނޭވާލުމުގައި އުނދަގޫތަކެއް އިޙްސާސްކުރުމުން ޖަލުގެ މެޑިކަލް ސެންޓަރުން ފަރުވާ ދިނުމަށްފަހު، ޙާލަތު ގޯސް ވާތީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިއަދު 15:20 ހާއިރު ކަމަށެވެ.

އޭނާއަކީ ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުން ދިޔަ މީހެއް ކަމަށް ކަރެކްޝަންސް އިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުޖުތަމައު

    އުމުރުން ދުވަސްވީ މީހަކު ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރީމަ އެންމެ ލުއި ޖަލެއްގަ އުމުރުގެ ބާކީ ގުނަންވީ، އޭގެން މީހަކު އުޅެފަނުވާ ތަނަވަސްކަމާ އިއްޒަތުގަ ގެންގުޅެނީ..

  2. ޟާން

    ތި ހުޅުމާލޭ ހޮސްޕިޓަލް ގެ ފެންވަރު ފެނިއްޖެ ވަރަށް ރަގަޅަށް... ފަރުވާ ކުޑަ މަމޮޅު ޑޮކްޓަރުން ތިބޭ ތަނެއް..ތިތަނައް ވައްދާ ބަޔަކު ސަލާމަތެެއް ނުވޭ..ނޫނީ ވަނީ އިތުރަށް ގޯސް