ވޭޕް ކުރަނިކޮށް އިތުރު ދިވެއްސެއްގެ ފުއްޕާމޭ ފަޅައިގެން ހިނގައްޖެއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ވެސް އުމުރުން 38 އަހަރުގެ ދިވެއްސެއްގެ ފުއްޕާމޭ ފަޅައިގެން ގޮސްފައިވެއެވެ. އެ ޚަބަރު "ވަގުތު" ގައި ރިޕޯޓް ކޮށްފައި ވެއެވެ.

ފުއްޕާމޭގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު ފާލިހު އަލީ "މިހާރު" ނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ ރާއްޖޭގައި ވެސް ދާދިފަހުން ވަރަށް ޒުވާން ދެ މީހެއްގެ ފުއްޕާމޭ ފަޅައިގެން ގޮސް، މޭ ގައި ފެން ހެދި، ލޭ މަދުވުމުގެ މައްސަލަ ދިމާވި އެވެ. އެ ދެ މީހުންގެ ވެސް އެއް ގޮތް ކަމަކަށް ދިމާވީ ވޭޕް ކުރުން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ޑރ.މުހައްމަދު ފާލިހު އަލީ "މިހާރު" ނޫހަށް ދެއްވި އިންޓަވިއު ގައި ވިދާޅުވީ ވޭޕުން ވަރަށް ބޮޑަށް ގެއްލުން ވަމުންދާ ކަމަށެވެ. "ގައިމު ވެސް ވޭޕުން ވާ ގެއްލުންތައް ފެނޭ. ވެންޓިލޭޓަރަށް ލާ ކަހަލަ ނިއުމޯނިޔާއެއް އެބަ ޖެހޭ. ވާނުވާ ނޭނގި ހުރެފައި ކުއްލިއަކަށް ފުއްޕާމޭ ފަޅައިގެން ގޮސްފައި އެބަހުރޭ. އެހެންވީމަ ވޭޕުން ވާ ގެއްލުން ބޮޑު." ޑރ.މުހައްމަދު ފާލިހު އަލީ ވިދާޅުވިއެވެ.

ވޭޕް ކުރާ މީހުންގެ އަދަދު ފާއިތުވި ދެތިން އަހަރު ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ވޭޕްގެ ނުރައްކާތެރިކަން އޮތް މިންވަރު ދުނިޔޭގެ ސިއްހީ މާހިރުން ވެސް އަންނަނީ ހާމަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޙާމަ

    ޢަދިވެސް ނުވޭދޯ ތި އެތެރެކުރުން ހުއްޓުވާކަށް..

    79
    2
  2. ކޮރަލް

    މިހާވަރު ވާއިރުވެސް ވޭޕް ކުރުން މީ މާބޮޑޫ ކަމަކަށް ސަރުކާރު ނުހަދަ އެވެ.

    69
    4
  3. ބިގް ބޮސް

    ނެތޭ ތިކަން ބަލާނެ ބަޔަކު.

    32
    • ޢަލީ

      ކޯޗެއް ބަލަންވީ.. އެއޯތީފެންނާކަށެއްނުން. ދެން އެކަން ވިސްނިގެން ކޮންމެ މީހަކުވެސް އެކަން ނުކުރީމާ ނިމުނިއެއްނުން. އަމިއްލައަށް އެބޯން އުޅޭ ބަަޔަކަ އެބޮއެގެން މަރުވެދާނެނުން..

      32
      1
  4. އަދާލަތު

    މިފަދަ ނުރައްކައު ތެރިއެއްޗެއް، އުފައްދާ އެކްސްޕޯރޓް ކުރާއިރު ޑަބްލިޔު އެޗް އޯ އަވަހާރަފުޅުގައިތޯ؟
    އިމްޕޯރޓް ކުރާއިރު، ސަރުކާރު ޕެރަލައިސް ވެފައިތޯ؟

    43
    1
  5. 21 ވަނަ ގަރުނު

    21 ވަނަ ގަރުނަކީ ހެލްތީ ފުޑު ކާން އާދަވާނެ ގަރުނު. އެންމެން ތިބޭނީ ޑިގްރީ ހިފައިގެން ކިޔަވައިގެން. ވަރަށް ހޭލުންތެރި މުޖުތަމަޢެއް އޮންނާނީ. ވަޔަރލެސް ޓެކްނޯޖީގެ އެހީގައި ވަޔަރލެސްކޮށް ފުޑްއަށް އޯޑަރު ކުރެވޭނެ. ތަރުކާރީއާއި މޭވާ ތާޒާ ކަމާއެކު ލިބޭނެ. ކާނީ އެތަކެތި. ހެލްތީ ފުޑް ކައިގެން ހެލްތީ ފުޑް ކެވުނު ކަމުގެ އުފަލުގައި ބޯލާނީ ވޭޕް ނޫނީ ސިގިރޭޓެއް. މީ ނޫންތޯ ތަރައްޤީއަކީ.

    11
  6. ޭެެޭެއެކަނިމީހާ

    ތިކަންހުއްޓުވަން ސަރުކާރަކައް ކުރެވޭނެ

    މާބޮޑުކަމެއް އޮއިހެނެއި ހީއެއިނުވޭ ކޮންމެ މީހަކުމީހަކުވެސް އެމީހެއްގެއަމިއްލަ ފުރާނަ ސަލާމައި ކުރަންމަސައިކައި ކުރަންޖެހޭ

    16
    1
  7. ރައްޔިތުން

    ވޭޕްކުރަނީ ސަރުކާރުން ތުންފަތުގެ އަގު ބޮޑުކުރީމަ އެހެން ގޮތެއް ނެތިގެން ސަރުކާރުން ތިބިލު ހެދި މީހުން ޒިންމާ ވާން ޖެހޭ. ް ަަ

    7
    8
  8. ފުތާބެއްޔާ

    އެ ދެ މީހުންވެސް އެއްގޮތް ކަމަކަށް ދިމާވީ ވިހަ ވެކުސިނެއް ކޮވިޑުން ސަލާމަތް ވާނެޔޭ ކިޔާފަ މަޖުބޫރުން ޖެހުވުން.

    3
    4
  9. ާިއިބޫ

    ތިވެސް މަތުވާ ތަކެއްޗެއް ނަމަ ބުނާނެ މިހާރުއެތެރެ ވެގެން އުޅެނީ ވަރަށް ނުރައްކާތެރި ވައްތަރަކޭ ތިބޭނުންނުކުރުމައް.

  10. ކީކޭކިޔާނީ

    މިއެނމެނ ވަޅެއް ކޮނެ އެރެންވީނު

  11. Anonymous

    ވޭޕުދަމަންޖެހެނީސިގިރޭޓުޢަގުބޮޑުކުރީމަ 500ފައްސަތޭކަޔަްފޮއްޓެއްވިއްކިޔަސްހަމަގަނެގެންބޯނީ

    2
    2
  12. ޖަހާ ބެރު

    ވޭޕު ކުރަނީ މި ސަރުކާރިން ޖީއެސްޓީ އިންތިހާއައް ބޮޱުކުރީމަ ސިގިރޭޓުގެ އަގު އަތް ނުފޯރާ ވަރު ސުވާލަކީ މިނިމަމް ވޭޖޭ ކިޔާފަ މި ބޮޱު ކުރި މުސާރަ ކުރީ ކޮން ފައިދާއެއް. ބޮޱު ކުރިބައި އެ ޖަހައި ގަތީ ތަކެތީގެ އަގު އިންތިހާއައް ބޮޱު ވެއްޖެ.

    4
    2